މާފަރާއި ބިލެތްދޫ ބިން ހިއްކަން ހަވާލުކޮށްފި

މާފަރު ބިއްކަން ހަވާލުކޮށްފައި ވަނީ 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ބިލެތްދޫ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 500 ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

ނ. މާފަރާއި ފ. ބިލެތްދޫ ބިން ހިއްކަން ހަވާލުކުރީ އެމްޓީސީސީއާ

ނ. މާފަރާއި ފ. ބިލެތްދޫ ބިން ހިއްކަން ހަވާލުކޮށްފި އެވެ.

އެ ދެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެމްޓީސީސީ އަށެވެ. މި ދެ މަޝްރޫއުގައި މިއަދު ސޮއިކޮށްފައިވެއެވެ.

މާފަރު ބިއްކަން ހަވާލުކޮށްފައި ވަނީ 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެ ގޮތުން އެ ރަށުގެ އިރުމަތީ ފަރާތު ފަޅުތެރެއިން 20 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 91،457،791.20 ރުފިޔާއަށެވެ. 

ބިލެތްދޫ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 500 ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން ރަށުގެ އުތުރު ފަރާތުން ފެށިގެން އިރުމަތީ އަދި ދެކުނު ސަރަހައްދު ހިމެނޭހެން 9،28 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށް 589 މީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓެއް ޖަހާނެ އެވެ. މީގެ އިތުރުން 470 މީޓަރުގެ ބޮޑުހިލަ ވައި ގްރޯއިން ގާއިމު ކުރާނެ އެވެ.

މަސައްކަތުގެ އަގަކީ 99،999،998.28 ރުފިޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.