ޗައިނާ ތިނަކަށް ، ޓޫރިޒަމަށް ނުވަ ޕަސެންޓުގެ އިތުރުވުމެއް

މިދިޔަ މަހު ރާއްޖެއަށް ޖުމްލަ 141,158 މީހުން އައިސްފައިވެ އެވެ. އަދި ރާއްޖެއަށް އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު އުޅެނީ 1,070,765 މިލިއަންގަ އެވެ.

ރާއްޖެ އިސްތިހާރު ކުރަން އެމްއެމްޕީއާރުސީން ހިންގި ހަރަކާތެއްގެ ބައިވެރިއެއް -- އެމްއެމްޕީއާރުސީ

މެއި މަހުން ފެށިގެން ޓޫރިޒަމް ދަށްވި އެވެ. ނަމަވެސް މިހާރުގެ މަންޒަރުތަކުން ފެންނަނީ ޓޫރިޒަމަށް ދިރުން ލިބެމުންދާ ތަނެވެ. އެންމެފަހުގެ ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ ނުވަ ޕަސެންޓުގެ އިތުރުވުމެއް ލިބިފަ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ރާއްޖެއަށް 141,158 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ މަހު އައި 141,158 ޓޫރިސްޓުންނަށްވުރެ 11,926 މީހުން އިތުރު ވުމެކެވެ. މިއީ 9.2 ޕަސެންޓުގެ އިތުރުވުމެކެވެ. 

ގިނައިން ޓޫރިސްޓުން އަންނަ ފަސް ގައުމު

  • ރަޝިއާ - 126,504
  • އިންޑިއާ - 122,375
  • ޗައިނާ - 91,555
  • ޔޫކޭ - 89,769
  • ޖަރުމަނު - 72,608

ރާއްޖެއަށް މިހާރު ޓޫރިސްޓުން އަންނަ އަދަދުތައް ދައްކާ ގޮތުގައި އެންމެ ބޮޑަށް އިތުރުވަމުންދަނީ ޗައިނާ މީހުންނެވެ. މިދިޔަ މަހު ފަސް ވަނާގައި އޮތް ޗައިނާ މިހާރުވަނީ 91,555 މީހުންނާއެކު ތިންވަނައަށް ޖެހިލާފަ އެވެ. މިހާރު ޓޫރިސްޓު ނަމްބަރުތައް ދައްކާ ގޮތުން ދެވަނާގައި އޮތް އިންޑިއާ އާއި ޗައިނާއާ ދެމެދު އޮތީ 30,820 މީހުންގެ ފަރަހެކެވެ. އަދި އެއްވަނާގައި އޮތް ރަޝިއާ އާއި އިންޑިއާ ދެމެދު އޮތީ ކުޑަ ފަރަހެކެވެ. ޓޫރިސްޓުން އަންނަ އަދަދުގެ ހިއްސާއަށް ބަލާނަމަ ރަޝިއާގެ ޝެއާއަކީ 11.8 ޕަސެންޓެވެ. އަދި އިންޑިއާގެ ހިއްސާއަކީ 11.4 ޕަސެންޓެވެ. 

ޓޫރިސްޓު ނަމްބަރުތައް މަތިވިނަމަވެސް ރާއްޖޭގައި ޓޫރިސްޓުން ތިބޭ އަދަދު ވަނީ ދަށްވެފަ އެވެ. މި އަހަރު ފެށުނުއިރު އަށް ދުވަހު ޓޫރިސްޓުން ރާއްޖޭގައި މަޑުކުރެ އެވެ. ނަމަވެސް މިހާރުގެ އަދަދު ވަނީ 7.7 ޕަސެންޓަށް ދަށްވެފަ އެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު 4،000 އިން 5,075 އަށް ވަނީ އިތުރުވެފަ އެވެ. 

މި އަހަރަށް އާ ޓާގެޓެއް ސަރުކާރުން ކުރިން އަންދާޒާކުރީ މި އަހަރު 1.8 މިލިއަން މީހުން އަންނާނެ ކަމަށެވެ. ނަމަވެސް މިހާރުގެ އަންދާޒާއަކީ 1.9 މިލިއަން މީހުން އައުމެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,070,765 މިލިއަން މީހުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 942,451 މީހުންނާ އަޅާބަލާނަމަ 13.6 ޕަސެންޓުގެ އިތުރުވުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.