ގޮޓަބަޔާ މާދަމާ ވަޑައިގަންނަވާނެ، ވަޑައެއް ނުގަންނަވާނެ!

ގައުމުގައި އޮތް ނުތަނަވަސްކަމަށް އެއްވެސް ބަދަލެއް ނާދެ އެވެ. އެ ދެމެދަށް ރައީސް ގޮޓާބަޔާ އަލުން ވަޑައިގެންފި ނަމަ ހުޅުގަނޑު އަލުން ރޯވުމަކީ ވަރަށް ކައިރި ކަމެކެވެ. އަދި އެމަނިކފާނު މިވަގުތު ވަޑައިގަތުމުން ލަންކާގެ މަސްރަހު ފުރޮޅިގެންދާނެ ގޮތް އަދި ބުނާން ވެސް ނޭނގެ އެވެ.

ގޮޓަބާ ސިންގަޕޫރުން ތައިލެންޑަށް ވަޑައިގެން އެގައުމުގެ އެއާޕޯޓްގައި: މާދަމާ ވަޑައިގަންނަވަން ބޭފުޅުވި ނަމަވެސް ވަޑައިގަތުމަކީ ވަރަށް ނާދިރު ކަމެއް -- ބެންކޮކް ޕޯސްޓް

ވައްކަމާއި ހިޔާނާތާއި ހިންގަން ނޭނގުމާއި ވެރިކަމުގެ ދަހިވެތިކަން ބޮޑު އާއިލާގެ ހުރިހާ ބޭފުޅުންގެ ބާރު ސަރުކާރުގައި ގަދަވުމުގެ ސަބަބުން ސްރީލަންކާގެ ނިޒާމް އެކޮޅުކޮޅުން ޖެހި ހުރިހާ ގޮތަކުން ގައުމު ހަލާކުވި އެވެ. އެކަމާ ހެދި 22 މިލިއަން މީހުންގެ ރުޅި ކޮންޓްރޯލުން ނެއްޓި ގަޔާ ދިމާއަށް ޖެހެން ފެށުމުން، ޖާނުގެ ރައްކާތެރި ކަމަށް ފިއްލަވައި ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެންނެވި ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އެނބުރި ލަންކާއަށް ވަޑައިގަތުމަށް ގެންދަވަނީ ހުއްޓާ ނުލައްވާ މަސައްކަތް ކުރައްވަމުންނެވެ.

އެއީ ފިއްލަވައިގެން ވަޑައިގަތުމުގެ ކުރިން، މިހާރުގެ ރައީސް ރަނިލް ވިކްރަމަ ސިންހާއާ ދެ ބޭފުޅުންގެ މެދުގައި ވެ ނިމިފައި އޮތް "ޑިސްކްރީޓް" އެއްބަސްވުމެއް އެކަމަކު އެންމެނަށް އެނގޭ ވެސް ހަގީގަތެކެވެ.

ގޮޓާބަޔާ އެނބުރި ގައުމަށް ވަޑައިގަތުމާބެހޭ ގޮތުންނާއި އެކަމާބެހޭ ސިއްރު އިންތިޒާމްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މި ހަފުތާގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ލަންކާގެ ނޫސްތަކުން އިއްޔެ އާއި ކުރީ ދުވަހު ވެސް ރިޕޯޓް ކޮށްފައި ވެއެވެ. އެ ރިޕޯޓްތަކުގައި ވެސް ބޭނުން ކުރި އެއް އިބާރާތަކީ "ރައީސް ގޮޓަބަޔާ މާދަމާ އެނބުރި ވަޑައިގަންނަވާނެ! ގޮޓަބަޔާ މާދަމާ އެބުރި ގައުމަށް ވަޑައި ނުގަންނަވާނެ" މި އިބާރާތެވެ.

"ޑެއިލީ މިރާ" އިން ބުނަނީ ރައީސް ރަނިލްއާއެކު ދާދިފަހުން ބޭއްވި ބައްދަލުވުމެއްގައި އެސްއެލްޕީޕީގެ ނޭޝަނަލް އޯގަނައިޒާ ބާސިލް ރާޖަޕަކްސާގެ އެދިވަޑައިގަތުމަކާ ގުޅިގެން ރައީސް ރަނިލް އާއި ކުރީގެ ރައީސް ގޮޓަބަޔާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެ މަޝްވަރާތަކަކީ އަމާން ކަމާއެކު ގޮޓަބަޔާ ގައުމަށް ވަޑައިގަތުމުންގެ ޔަގީން ކަމާ ގުޅޭ މަޝްވަރާތަކެކެވެ. އެކަމަކު އެކަމަށް ސާފު ގޮތެއް އަދިއެއް ނުހޯދެ އެވެ.

ރަޖަޕްކްސާ އާއިލާގައި ތިން ވަނައަށް އެންމެ ބާރު ގަދަ ބާސިލް ރާޖަޕަކްސަ މިކަމާ ގުޅިގެން ރައީސް ރަނިލްއަށް ދަންނަވާފައި ވަނީ ޖުލައި 9، 2022 ގައި މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ގައުމު ދޫކުރައްވާ ރާއްޖެއިން ސިންގަޕޫރަށް އަދި ފަހުން ތައިލެންޑަށް ވަޑައިގެން ހުންނެވި ކުރީގެ ރައީސް އަވަހަށް ގައުމަށް އެނބުރި ވަޑައިގަތުމަށް މަގުފަހި ކޮށްދެއްވުމަށެވެ. އެއީ އޮތް އެއްބަސްވުމެކެވެ. ކުރީގެ ރައީސް ހުންނެވީ އަލުން ގައުމަށް ވަޑައިގަތުމަށް ނުހުނު އެދި އެދި އެވެ.

ކުރީގެ ރައީސް ގޮޓާބަޔާ ޝައުގުވެރިވެ ވަޑައިގެން ހުންނެވީ ވެސް އަދި ރައީސް ރަނިލްއަށް ދަންނަވާފައި އޮތީ ވެސް މާދަމާ ގައުމަށް ވަޑައިގަތުމުގެ ފުރިހަމަ އިންތިޒާމްތައް ހަމަޖައްސައި ދެއްވާށެވެ. ނަމަވެސް ރައީސް އަރިހުގައި އެދިވަޑައިގެންފައިވާ ގޮތަށް އެއްވެސް ކަމެއް ހަޖެހިފައި ނެތް ނަމަ މާދަމާ ވެސް ވަޑައެއް ނުގަންނަވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މާދަމާ ގޮޓަބަޔާ ވަޑައި ގަތުމަކީ ވަރަށް ނާދިރު ކަމެކެވެ. ސަބަބަކީ ރައީސް ރަނިލް ވަނީ ސިޔާސީ ފިތުނަތަކުގައި އަދިވެސް ހުޅުހިފައި ރޯވެދާނެތީ މިއީ އަދި ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ އެނބުރި ގައުމަށް ވަޑައިގަތުމަށް "ރަނގަޅު ވަގުތެއް ނޫން" ކަމަށް ދަންނަވައި ވަގުތުކޮޅެއް ދެއްވަން އެދި ވަޑައިގެންފަ އެވެ.

ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ މި ހަފުތާގައި އެނބުރި އެ ގައުމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް ފޮރިން މިނިސްޓަރު އަލީ ސަބްރީ ވެސް ބުދަ ދުވަހުގެ ރޭ ދަންވަރު ސީއެންއެންގައި ވިދާޅުވި އެވެ. ސަބްރީ ވިދާޅުވި ގޮތުގައި ގޮޓާބަޔާ ރާޖަޕަކްސާ އެނބުރި ވަޑައިގަންނަވާނެ ކަން "ޑިޕްލޮމެޓިކް ޗެނަލްތަކެއް މެދުވެރިކޮށް" އެނގޭ އެނގުމެއް އެބައޮތެވެ.

"ކުރީގެ ރައީސް އެނބުރި ގައުމަށް ވަޑައިގަތުމުގައި ރަސްމީކޮށް އަޅުގަނޑުމެންނަށް އެއްވެސް ދައުރެއް ނެތް. އެކަމަކު އެ މަނިކުފާނަކީ ލަންކާގެ ރައްޔިތެއް އަމިއްލަފުޅު ގައުމަށް ބޭނުން ގޮތަކަށް ދަތުރު ކުރެއްވޭނެ،" ސަބްރީ ވިދާޅުވި އެވެ.

ރާޖަޕަކްސަ ތައިލެންޑުގައި ހުންނަވަނީ ޖުލައި މަހު ސްރީލަންކާއިން ފިލައިގެން ދިވެހި ރާއްޖޭގައި މަޑު ކުރެއްވުމަށް ފަހު ސިންގަޕޫރަށް ދަތުރު ކުރައްވައި ހުންނެވުމަށްފަހު އެވެ، އެއީ ރުޅިގަދަވެފައިވާ "މުޒާހަރާ މީހުން" އެ މަނިކފާނުގެ ރަސްމީ ގެއާއި އޮފީހަށް ވަދެގަތްތާ ދުވަސްތަކެއް ފަހުންނެވެ. އެ މަނިކުފާނު ސިންގަޕޫރުގައި ހުންނަވައި އިސްތިއުފާ ދެއްވައި ލަންކާގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލުތަކެއް އައުމާއެކު ލަންކާގެ މަގުމަތީ ވަނީ ސާފުވެ ދޮވެވިފަ އެވެ. ނަމަވެސް ގައުމުގައި އޮތް ނުތަނަވަސްކަމަށް އެއްވެސް ބަދަލެއް ނާދެ އެވެ. އެ ދެމެދަށް ރައީސް ގޮޓާބަޔާ އަލުން ވަޑައިގެންފި ނަމަ ހުޅުގަނޑު އަލުން ރޯވުމަކީ ވަރަށް ކައިރި ކަމެކެވެ. އަދި އެމަނިކފާނު މިވަގުތު ވަޑައިގަތުމުން ލަންކާގެ މަސްރަހު ފުރޮޅިގެންދާނެ ގޮތް އަދި ބުނާން ވެސް ނޭނގެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.