މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ހާއްސަ ޕެރޭޑް އޮތީ މާދަމާ ހަވީރު އެވެ. މާދަމާ ރޭ ފުޅަނދު ބުރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތްތައް ކުރިއަށް ގެންދާނީ މާލޭގެ ބޮޑެތި މަގުތަކުގަ އެވެ.
މިއަދު ފާހަގަކުރާ 58 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ޖާގަ ދިނުމުގެ ގޮތުން މާލޭގެ ބައެއް ޖެޓީތައް ބަންދުކުރަން ނިންމައިފި އެވެ.
ފުލުހުން މިއަދު ބުނީ މިނިވަން ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކާއި ގުޅިގެން މާދަމާގެ މެންދުރު ފަހު 2:00 އިން ފެށިގެން 28 ވަނަ ދުވަހުގެ މެންދުރު 3:00 ގެ ނިޔަލަށް ބައެއް ސަރަހައްދުތައް ބަންދުވާނެ ކަމަށެވެ.
އެގޮތުން، މާލެ ފަޅުތެރެ ޖެޓީ ނަންބަރު 1، 2، 3 އާންމު ދަތުރުފަތުރަށް ބަންދުވާނެ ފުލުހުން ވަނީ ބުނެފަ އެވެ. އެހެންކަމުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މާދަމާގެ މެންދުރު ފަހު 2:00 ގެ ކުރިން ނެގުމަށްވެސް ވަނީ އަންގާފަ އެވެ.
މީގެ އިތުރުން ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް މިރޭ ގަލޮޅު ދަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންވެ، މިއަދު އިރުއޮއްސި 6:45 އިން ފެށިގެން ކުޅިވަރު ހަރަކާތްތައް ނިމެންދެން އެ ސަރަހައްދުގައި ދަތުރުފަތުރު ކުރުން މަނާ ވާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެވަގުތުގައި ބައެއް ސަރަހައްދުތަކުގައި ވަނީ އެއްވެސް ވަރަކަށް އުޅަނދު ދުއްވުން މަނާ ކޮށްފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުން ވަނީ މަނާކޮށްފަ އެވެ.
މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ހާއްސަ ޕެރޭޑް އޮތީ މާދަމާ ހަވީރު އެވެ. މާދަމާ ރޭ ފުޅަނދު ބުރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތްތައް ކުރިއަށް ގެންދާނީ މާލޭގެ ބޮޑެތި މަގުތަކުގަ އެވެ. ހުކުރު ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފުޅަނދުތައް ދައްކާލުން ވެސް އޮންނާނެ އެވެ. އަދި ހަމަ އެ ރޭ އެތަނުގައި މިނިވަން ދުވަހުގެ ކާނިވާ ހުޅުވާނެ އެވެ.