ހާދިސާގައި ފިހުނު މީހާ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. ސިފައިން ގެންދަނީ އެ ގޭގައި ހަރަކާތްތެރި ވަމުންނެވެ.

ސިފައިންގޭން ބުނީ މ. ދިލީވިލާގައި "ގޭސް އެކްސްޕްލޯޝަނެ" އް ކުރިމަތިވެ އަންހެނެއްގެ މޫނުން ބައެއް ފިހިފައިވާ ކަމަށާއި އެ ހާދިސާ ހިނގީ ގޭސް ލީކް ވެފައި ހުއްޓާ އުނދުން ރޯ ކުރުމުން ކަމަށް ބެލެވޭ ކަމަށެވެ.
ހާދިސާގައި ފިހުނު މީހާ ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. ސިފައިން ގެންދަނީ އެ ގޭގައި ހަރަކާތްތެރި ވަމުންނެވެ.
މިދިއަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ގދ. ރަތަފަންދޫގައި ގޭސްފުޅިއެއް ގޮވި ހާދިސާއެއްގައި ހަށިގަނޑުން ބައެއް ފިހުނު އަންހެނަކު ވަނީ މަރުވެފަ އެވެ.