ވާގްނާ ގުރޫޕުގެ ކުލީ ސިފައިންގެ ފައުޖުތައް ބެލަރޫސަށް ފޮނުވާފައި ވަނީ، އެ ގުރޫޕުގެ އިސްވެރިޔާ އަމުރަށް ރަޝިޔާ ސަރުކާރާއި އަސްކަރިއްޔާއާ ދެކޮޅަށް އެ ގުރޫޕުން ފެށި ބަޣާވާތް ނާކާމިޔާބުވުމާ ގުޅިގެންނެވެ.
ޕޯލެންޑާއި ބެލަރޫސްގެ ބޯޑަރު ސަރަދަށް ޕޯލެންޑުން ސިފައިން ޖަމާ ކުރަން ފެށުމުން ރަޝިޔާ ނުރުހި، ބެލަރޫސަށް ދޭން ކޮންމެ ހަމަލައަކީ ރަޝިޔާއަށް ދޭ ހަމަލައެއް ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
ބެލަރޫސް އަކީ ރަޝިއާއެކުގައި އޮތް ގައުމެކެވެ.
ޕޫޓިން ވިދާޅުވީ ޕޮލެންޑާއި ނޭޓޯއިން ބެލަރޫސަށް ހަމަލާ ދީފިނަމަ ބެލަރޫސްގެ ހިމާޔަތުގައި ރަޝިޔާއަށް ކުރެވުނު ކޮންމެ ކަމެއް ކުރާނެ ކަމަށާއި ހަމަލާތައް ދޭން ވެސް ފަސް ނުޖެހޭނެ ކަމަށެވެ.
ބެލަރޫސްގެ ބިންތައް ހިފަން ޕޮލެންޑުން ބޭނުންވާ ކަމަށް ޕުޓިން ކުރައްވާ ތުހުމަތު ޕޯލެންޑުން ދޮގު ކުރެ އެވެ. ބެލަރޫސްގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޕޯލެންޑުން ހަތިޔާރާއެކު ސިފައިން ޖަމާ ކުރީ ވާގްނާ ގުރޫޕުގެ ކުލީ ސިފައިންގެ ނުރައްކާ އެ ގައުމަށް އޮތް ކަމަށް ބަލައިގެނެވެ.
ވާގްނާ ގުރޫޕުގެ ކުލީ ސިފައިންގެ ފައުޖުތައް ބެލަރޫސަށް ފޮނުވާފައި ވަނީ، އެ ގުރޫޕުގެ އިސްވެރިޔާ އަމުރަށް ރަޝިޔާ ސަރުކާރާއި އަސްކަރިއްޔާއާ ދެކޮޅަށް އެ ގުރޫޕުން ފެށި ބަޣާވާތް ނާކާމިޔާބުވުމާ ގުޅިގެންނެވެ.