ވިއްސާރާގައި ފެމިލީ ކޯޓަށް ގެއްލުންވެ ލިޔުންތަކެއް ހަލާކުވެއްޖެ

އެނގިފައިވާ ގޮތުގަައި ކޯޓްގެ ރަޖިސްޓްރާގެ ސެކްޝަނަށް ވެސް ފެންފައިބާ ލިޔުންތަކަށް ވަނީ ގެއްްލުންވެފައެވެ. އޭގެ ތެރޭގައި ކައިވެނީގެ ސެޓިފިކެޓްތަކާއި އެހެނިހެން މުހިންމު ލިޔުންތައް ހިމެނެއެވެ.

ވިއްސާރާގައި ފެމިލީ ކޯޓްގެ މުދަލާއި ތަކެއްޗަށް ވަނީ ގެއްލުންވެފައި

މިއަދު ކުރި ވިއްސާރާގައި ފެމިލީ ކޯޓަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ހެންވޭރުގައި ހުންނަ ފެމިލީ ކޯޓް އިމާރާތުގެ ތެރެއަށް ފެންފައިބާ މުދަލާއި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އެނގިފައިވާ ގޮތުގަައި ކޯޓްގެ ރަޖިސްޓްރާގެ ސެކްޝަނަށް ވެސް ފެންފައިބާ ލިޔުންތަކަށް ވަނީ ގެއްްލުންވެފައެވެ. އޭގެ ތެރޭގައި ކައިވެނީގެ ސެޓިފިކެޓްތަކާއި އެހެނިހެން މުހިންމު ލިޔުންތައް ހިމެނެއެވެ.

މިއަދު ހެނދުން ފެށިގެން މެންދުރާއި ހަމައަށް މާލެ ސަރަހައްދަށް ވަނީ ބޯކޮށްވާރޭވެހިފައެވެ. މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެ ގޭގެއާ ފިހާރަތަކާއި އޮފީސްތަކަށް ފެންވަދެ ގެއްލުން ވެފައިވެެއެވެ.

ފެމިލީ ކޯޓަށް ވިއްސާރާގައި މީގެ ކުރީންވެސް ގެއްލުންވެފައިވެއެވެ. އެކަމާއި ގުޅިގެން އެކި ސަރުކާރުތަކުގައި ކޯޓް އިމާރާތް މަރާމާތު ކޮށްފައިވެއެވެ.

ފެމިލީ ކޯޓްގެ އޮފިޝަލަކު ވިދާޅުވީ ވިއްސާރާގައި ކޯޓް އިމާރާތަށް ފެންފައިބާ ލިބުނު ގެއްލުންތައް ދަނީ ބަލަމުންނެވެ.

ކޮމެންޓް

2
450
ާާއަމިނަތު
1 year ago

ޔޫއެސް އެއިޑުގެ ދަށުން ފެމިލީ ކޯޓުގެ ފުރާޅުންފެން ނުފައިބާ ގޮތެއް ނުހެދޭނެބާ؟

ާާއަމިނަތު
1 year ago

ޔޫއެސް އެއިޑުގެ ދަށުން ފެމިލީ ކޯޓުގެ ފުރާޅުންފެން ނުފައިބާ ގޮތެއް ނުހެދޭނެބާ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.