"އަބަދު ސަރުކާރު ބަދަލު ކުރާ ބަޔަކަށް އެމްޑީޕީ ވެގެން ނުވާނެ"

ރައީސް ވަނީ މާރަންދޫއަށް ކޮށް ދެއްވާނެ ބައެއް ކަންކަން ވެސް ވިދާޅުވެ ދެއްވާފަ އެވެ. އެރަށުގައި މިއަދު ފެނަކަ އޮފީހާއި އެމްޑީޕީގެ ޖަހަގަ ވެސް ރައީސް ހުޅުވައި ދެއްވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު

އެމްޑީޕީގެ އަބަދު ސަރުކާރު ބަދަލު ކުރާ ބައެއްގެ ގޮތުގައި ނުތިބުމަށާއި ގައުމު ތަރައްގީކޮށް ހިދުމަތް ކުރާ ބައެއްގެ ގޮތުގައި ތިބުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އުތުރުގެ ބައެއް ރަށްރަށަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި މިއަދު ހއ. މާރަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާބަތު ކުރައްވާ ރައީސް ވިދާޅުވީ މައިގަނޑު ވާހަކަފުޅަކީ ވެރިކަން ބަދަލު ކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން ކަމަށާއި ވެރިކަން ދިފާއުކޮށް ވެރިކަމުގައި ތިބެން ވެސް އެމްޑީޕީން ދަސް ކުރަންޖެހޭ ކަމަށެވެ. 

"އަބަދު ސަރުކާރު ބަދަލު ކުރާ ބަޔަކަށް އެމްޑީޕީ ވެގެނެއް ނުވާނެ. އަދި ސަރުކާރުގައި ތިބެގެ ވެސް ސަރުކާރު ބަދަލު ކުރާ ބަޔަކަށް، ވެރިކަން ބަދަލު ކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާސަތެއްް ނޫން. ވެރިކަމުގައި ތިބެން، ހިދުމަތް ކުރަން ވެސް ދަސް ކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ މާރަންދޫ އެމްޑީޕީއަށް 2008 ގައި އޮތީ 17 ޕަސެންޓްގެ ތާއީދު ނަމަވެސް 2018 ވަނަ އަހަރު އެ ތާއީދު 50 ޕަސެންޓުން މައްޗަށް އުފުލިފައިވާ ކަމަށާއި ކުރިޔަށް މިއޮތް ވޯޓްގައި އެ ޕަސެންޓޭޖް މަތިވާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ އެ ނަތީޖާ ބަދަލުވަމުން ދަނީ އެމްޑީޕީގެ ސަރުކާރުން ވާ ވައުދުތައްް ފުއްދާތީ ކަމަށާއި ނުފުއްދޭ ވައުދުތައް އެމްޑީޕީގެ ސަރުކާރުން ނުވާނެ ކަމަށައި އެމްޑީޕީގެ ސަރުކާރުން ވައުދުތައް ވާނީ ޕްލޭން ކުރެވިގެން ވައުދުތައް ފުއްދޭނެ ކަމުގެ ޔަގީން ކަމާއި އެކުގައި ކަމަށެވެ. 

ރައީސް ވަނީ މާރަންދޫއަށް ކޮށް ދެއްވާނެ ބައެއް ކަންކަން ވެސް ވިދާޅުވެ ދެއްވާފަ އެވެ. އެރަށުގައި މިއަދު ފެނަކަ އޮފީހާއި އެމްޑީޕީގެ ޖަހަގަ ވެސް ރައީސް ހުޅުވައި ދެއްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.