150 އަށްވުރެ ގިނަ މިސްކިތުގައި ހަރުކުރާނެ ސޯލާ ޕެނަލް ހޯދަނީ

ރާއްޖޭގައި 500 އަށްވުރެ ގިނަ މިސްކިތައް ހުރެ އެވެ. މި މިސްކިތްތަކުގައި ސޯލާ ބަހައްޓައިގެން އޭސީ ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ.

ސޯލާ ޕެނަލް ބަހައްޓާފައިވާ އެއް މިސްކިތައް ކަމަށްވާ ބ. ދަރަވަންދޫ މިސްކިތައް - ފެނަކަ

ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި 150 އަށްވުރެ ގިނަ މިސްކިތުގައި ބަހައްޓަން އިޔާދަކުރަނިވި ހަކަތައިގެ އަވިން ކަރަންޓު އުފައްދާ ސޯލާ ޕެނަލް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ. 

މިނިސްޓްރީ އޮފް ފިނޭންސުން ބުނި ގޮތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓ،ް ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެދުމުގެ މަތިން 155 މިސްކިތެއްގައި ސޯލާ ޕެނަލް ބަހައްޓަން ބޭނުންވާ ސޯލާ ޕީވީ ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ އެވެ. 

މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސބީ)
އުސޫލުންނެވެ. މަސައްކަތް ކުރަން ކުރިމަތިލާ ފަރާތްތަކުން ބިޑު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ތިނެއްގެ ކުރިންނެވެ. 

ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 50,000ރ. ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިޔުރިޓީގެ
މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. 

100 ދުވަހުގެ ވައުދެއް

އިއާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ރާއްޖޭގެ މިސްކިތްތައް އޭސީ ކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ 100 ދުވަހުގެ ވައުދެކެވެ. ކުރިއަށް އޮތް ތިން އަހަރުތެރޭގައި މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކޮށް ނިންމާނެ ކަމަށް އެ މިނިސްޓްރީން މީގެ އަހަރެއްގެ ކުރިން ބުނެފައިވެ އެވެ.

ސޯލާ ބަހައްޓަން ޖެހޭ 500 މިސްކިތް

ރާއްޖޭގައި 500 އަށް ވުރެ ގިނަ މިސްކިތް ހުރިއިރު އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައި ވަނީ މިސްކިތްތައް އޭސީ ކުރުމަށް ނިންމާފައި ވަނީ ޓެކްނިކަލް ޓީމުން ކުރި ދިރާސާތަކުގެ އަލީގައި ވަކި ތަރުތީބަކުންނެވެ. 

އެންމެ ބޮޑު އޭސީ މިސްކިތައް ނަޒަރެއް ރާއްޖޭގައި ހުރި އޭސީ ކުރި އެންމެ ބޮޑު މިސްކިތަކީ މާލޭގައި ހުންނަ ސަލްމާން މިސްކިތެވެ. ހާއްސަ އޭސީ އިންޓަގްރޭޑެޓް ނިޒާމަކުން އޭސީކޮށް އޮޓަމެޓިން ސިސްޓަމަރުން ކަރަންޓު ދޭ މި މިސްކިތުގެ އޭސީތަކުގައި މައްސަލަ ޖެހެނީ ލޮނުގެ އަސަރު ކުރުމުގެ ސަބަބުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. މި މިސްކިތުގެ ކަރަންޓު ބިލަށް 3.5 މިލިއަން ރުފިޔާ އަރަ އެވެ. ނަމަވެސް މި މިސްކިތައްވުރެ އިސްލާމީ މަރުކަޒު ބެލެހެއްޓުމުގެ ޖުމްލަ ހަަރަދު ބޮޑުތަނުން މައްޗެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.