ހެލްތުގެ މުވައްޒަފުންނަށް "ހެލްތު ކޯނާ" ގާއިމުކޮށްފި

މި ހެލްތް ކޯނާގެ އެހީއާއެކު ހެލްތުގެ މުވައްޒަފުންނަށް ފަސޭހަ ކަމާއެކު ހެލްތު ސްކްރީން ކުރެވޭ ނިޒާމެއް ވެސް ހަމަޖައްސާދީފައި ވެއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީޫމް "ހެލްތު ކޯނާ: އިފްތިތާހުކޮށް ދެއްވާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށް ހާއްސަ "ހެލްތު ކޯނާ" އެއް މިނިސްޓްރީގެ އިދާރީ އޮފީސްތައް ހުންނަ ރޯޝަނީ ބިލްޑިންގްގައި މިއަދު ހުޅުވައިފި އެވެ. 

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގު ހުންނަނީ ސޯސަން މަގުގަ އެވެ. ސިއްހީ ދާއިރާގައި ގިނަ އަދަދެއްގެ މުވައްޒަފުންގެ ހަރަކާތްތެރިވިޔަސް ހެލްތުގެ އިދާރީ އޮފީސްތަކުގައި މަސައްކަތް ކުރަނީ ކިހާ މުވައްޒަފުންނެއް ކަމެއް ސާފެއް ނުވެއެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއު އެޗްއޯ އާއި ހެލްތް މިނިސްޓްރީ ގުޅިގެން ގާއިމު ކުރި "ހެލްތު ކޯނާ" އިފްތިތާހުކޮށް ދެއްވީ ރާއްޖޭގެ ހެލްތު މިނިސްޓަރު ކެރަފާ އަހުމަދު ނަސީމެވެ. 

އަލަށް ގާއިމު ކުރި މި ހެލްތު ކޯނާއަކީ ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދުޅަހެޔޮ ކަމާއި ހަރަކާތްތެރިކަން އިތުރުކޮށް ދެމެހެއްޓުމުގެ ބޭނުމުގައި ގާއިމް ކުރި ހެލްތު ކޯނާއެކެވެ. 

މި ހެލްތް ކޯނާގެ އެހީއާއެކު ހެލްތުގެ މުވައްޒަފުންނަށް ފަސޭހަ ކަމާއެކު ހެލްތު ސްކްރީން ކުރެވޭ ނިޒާމެއް ވެސް ހަމަޖައްސާދީފައި ވެއެވެ. 

ހެލްތު މިނިސްޓްރީ ގާއިމު ކުރި "ހެލްތް ކޯނާ" -- ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓަރީން ބުނީ ހެލްތު ކޯނާއާއެކު ވަކިވަކި ފަރުދުންނާއި އަމިއްލަ ނަފްސު ސްކްރީން ކުރުމަށް ސަޕޯޓް ލިބި، ރިސްކް ފެކްޓާސްތައް މޮނީޓާ ކުރަން އެހީއަކަށް ވާނެ ކަމަށާއި މުވައްޒފުން ދުޅަހެޔޮ ސިއްހަތުއްގައި ތިބެ، މަސައްކަތް ކުރުމަށް އެހީތެރި ވެދެވޭނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.