މިނިސްޓްރީން ބުނީ މިއީ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް ސަރުކާރުން ރަށު ކައުންސިލްތަކަށް މިފަދަ ގޮތަކަށް ފޯރުކޮށްދޭ ފުރަތަމަ ގްރާންޓް ކަމަށެވެ.
ރަށްރަށުގެ ކުނީގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ރަށު ކައުންސިލްތަކަށް ކުނި މެނޭޖްކުރަން ހާއްސަ ގްރާންޓެއް ދީފި އެވެ.
މިއީ ގްރީން ފަންޑުގެ ދަށުން ކައުންސިލްތަކަށް ދޫކޮށްފައިވާ ކޮންޑިޝަނަލް ގްރާންޓެކެވެ. މިނިސްޓްރީން ބުނީ މިއީ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް ސަރުކާރުން ރަށު ކައުންސިލްތަކަށް މިފަދަ ގޮތަކަށް ފޯރުކޮށްދޭ ފުރަތަމަ ގްރާންޓް ކަމަށެވެ.
މި ގްރާންޓްގެ ދަށުން؛
މިކަމަށް ހާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާގެ އިތުރުން ރައީސް އޮފީހާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އިތުރުން ރަށު ކައުންސިލް ތަކުން ބައިވެރިވެފައިވެ އެވެ.
ކުނި މެނޭޖްކުރުން ދަތި ވުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އޮތް މައްސަލައެކެވެ. މި މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކި ގޮތްގޮތަށް ދަނީ މަސައްކަތް ކުރަމުންނެވެ.