އަރަބި ލީގުން ސޫރިޔާ ބާކީ ކުރީ 2011 ވަނަ އަހަރު ސީރީއާ ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ގޮސް ރައީސް ބައްޝާރުގެ ސަރުކާރުން ބާރުގެ ބޭނުން ކުރަން ފެށުމުންނެވެ.
ޓެރެރިޒަމާ ދެކޮޅަށް މަސައްކަތް ފުޅާ ކުރަން އިރާގާއި ސީރިއާއިން އެއްބަސްވެ މަސައްކަތް ފަށާނެ ކަން ދެ ގައުމުން ވެސް އިއުލާނު ކޮށްފި އެވެ.
ހަނގުރާމައާ ހެދި ވަރަށް ބޮޑަށް ސުންނާފަތިވެފައިވާ ދެ ގައުމުގެ މި އެއްބަސްވުންތައް އައީ އިރާގުގެ ބޮޑުވަޒީރު ޝިއާ އަލް-ސުދާނީ ސީރިއާގެ ދިމިޝްގަށް ވަޑައިގެން ރައީސް ބައްޝާރުލް އަސަދާ ބައްދަލު ކުރައްވާ މަޝްވަރާތައް ކުރެއްވުމަށް ފަހު އެވެ.
ސުދާނީ ރައީސް ބައްޝާރާއެކު ބޭއްވެވި މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް އޮތީ ޓެރެރިޒަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ހަރުދަނާ ކުރުމަށާއި ފިޔަވަޅުތައް ތަންފީޒު ކުރުމާއެކު އައިއެސް ކުރިއަރައި ދިޔަ ނުދިނުމަށް މަސައްކަތް ކުރުމަށެވެ. ސީރިއާ އާއި އިރާގުން 600 ކިލޯމީޓަރުގެ ދިގު ސަރަހައްދީ ރޮނގެއް ހިއްސާ ކުރާއި އިރު ދެ ގައުމަށް ވެސް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލަކީ އައިއެސް ޖަމާއަތެވެ.
މީގެ އިތުރުން ޓެރެރިޒަމާއެކު މަސްތުވާތަކެތީގެ ވިޔަފާރިއަކީ ވެސް ސީރިއާ އާއި އިރާގަށް އޮތް ބޮޑު މައްސަލައެކެވެ. އެއީ ވެސް ދެ ބޭފުޅުންގެ މަޝްވަރާތަކުގައި އޮތް ބައެކެވެ.
ސީރިއާގެ ވެރިރަށް ދިމިޝްގަށް ސުދާނީ ވަޑައިގެންނެވި އިރު، ސީރިއާ އަލުން އަރަބި ލީގާ ގުޅުމުގެ ފުރުސަތު އެ ލީގުން ސީރިއަށް ވަނީ މިދިއަ މޭ މަހު ތަނަވަސް ކޮށްދީފަ އެވެ. އަރަބި ލީގުން ސޫރިޔާ ބާކީ ކުރީ 2011 ވަނަ އަހަރު ސީރީއާ ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ގޮސް ރައީސް ބައްޝާރުގެ ސަރުކާރުން ބާރުގެ ބޭނުން ކުރަން ފެށުމުންނެވެ.