މީމު ވާވު ދަތުރުފުޅުން ރައީސް ސޯލިހަށް ބޮޑު އުފާފުޅެއް

އެންމެ ބޮޑު އުފާފުޅެއް އިހުސާސު ކުރެއްވުނީ ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް ކުރެވިފައިވާ މަންޒަރު ފެނިވަޑައިގަތުމުންނެވެ. ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ލިބިފައިވާ މަންޒަރު ފެނިވަޑައިގަތުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާވު އަތޮޅުގައި: ތިން ދުވަހުން މީމު، ވާވުގެ 13 ރަށަށް ވަނީ ވަޑައިގެންފައި --
  •  ތިން ދުވަހުން މީމު، ވާވުގެ 13 ރަށަށް ވަނީ ވަޑައިގެންނެވި

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ / އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މީމު އަތޮޅާއި ވާވު އަތޮޅުގެ ހުރިހާ ރަށްތަކަށް ވަޑައިގެންފައެވެ. ތިން ދުވަހުގެ ދަތުރުފުޅުގައި ދެ އަތޮޅުގެ 13 ރަށަަށް ވަޑައިގެންނެވި އެވެ. އެއީ ވާވު އަތޮޅުގެ ފަސް ރަށާއި މީމު އަތޮޅުގެ 8 ރަށެވެ.

ފުރަތަމަ ވަޑައިގެންނެވީ މީމު އަތޮޅުގެ ރަށްތަކަށެވެ. ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު އެމަނިކުފާނު ވަނީ މީމު އަތޮޅުގެ ރަށްތަކަށް ވަޑައިގެން ސަރުކާރުން ހިންގެވި ބައެއް މަޝްރޫއުތަކުގެ ނިމުން އިފްތިތާހު ކޮށްދެއްވާފައެވެ. ބައެއް ރަށްރަށުގެ ބަނދަރު ހުޅުވައި ދެއްވި އެވެ. ފެނާއި ނަރުދަމާގެ ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވި އެވެ. ސުކޫލްތަކަށް އިތުރުކޮށްދިން ކްލާސް ރޫމްތަކާއި މަލްޓިޕާޕަސް ހޯލްތައް ހުޅުވައި ދެއްވި އެވެ. މަގު ހެދުމާއި ކުޅިވަރު ކުޅޭނެ ތަންތަނާއި ވަސީލަތްތައް ގާއިމު ކުރުމަށް ހިންގަމުންދާ މަސައްކަތްތައް ބައްލަވާލެއްވި އެވެ.

މީގެ އިތުރުން ހުރިހާ ރަށެއްގައި ޖަލްސާތައް ބޭއްވި އެވެ. އެ ޖަލްސާތަކުގައި އެ ރަށްރަށް އިތުރަށް ކޮށްދެއްވަން ގަސްތު ކުރައްވާ ބައެއް މަސައްކަތްތައް އިއުލާނު ކުރެއްވި އެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވި އެވެ.

މިއަދު ވާވުގެ ފަސް ރަށަށް ވަޑައިގެންވެސް ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވި އެވެ. ވާވުގައި މުހިންމު ބައެއް މަޝްރޫއުތައް ހިންގަވާނެ ކަމަށް އިއުލާނު ކުރެއްވި އެވެ. މުހިންމު ތިން ކަމެއް ފާހަގަ ކުރެއްވި އެވެ.

  •  ޓޫރިޒަމްގެ ބޮޑު މަޝްރޫއުއެއް ފެށުން
  •  ވާވުގައި އެއާޕޯޓެއް ހެދުން
  •  ދަތުރުދާނެ ރަށެއް ތަރައްގީ ކުރުން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުލިދޫއަށް ވަޑައިގެން ދޮށީ އުމުރުގެ ރައްޔިތަކާއި ސަލާމް ކުރައްވަނީ

މީމު، ވާވުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ފުލިދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ދަތުރުފުޅުން ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންފި ކަމަށެވެ. އެންމެ ބޮޑު އުފާފުޅެއް އިހުސާސު ކުރެއްވުނީ ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް ކުރެވިފައިވާ މަންޒަރު ފެނިވަޑައިގަތުމުންނެވެ.

އެތައް އަހަރެއް ވަންދެން އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައި ތިބި ރައްޔިތުންނަށް އަސާސީ ހިދުމަތް ލިބި ރަށުގައި ތިބެގެން ގިނަ ހިދުމަތްތަކެއް ލިބޭނެ ގޮތްވެފައިވާ މަންޒަރުން އުފާވެރި އިހުސާސްތަކެއް ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.

  •  41 ފުޓްބޯޅަ ދަނޑު ނިމިއްޖެ
  •  71 ފުޓްސަލް ދަނޑު ނިމިއްޖެ
  •  ޒަމާނީ 17 ވޮލީ ކޯޓް ނިމިއްޖެ
  •  54 އައުޓް ޑޯ ޖިމް ނިމިއްޖެ

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް ކުރެވިފައިވީ ނަމަވެސް ރައްޔިތުންގެ ބޭނުންތައް ދާނީ އިތުރުވަމުންނެވެ. އެމަނިކުފާނުގެ 2023ގެ ރިޔާސީ މެނިފެސްޓޯ ނިމުމާ ހަމައަށް ގޮސްފައިވާ ކަމަށާ ރައްޔިތުން ދެން ބޭނުންވާ މުހިންމު ކަންކަން މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށް ވިދާޅުވި އެވެ.

އެ ކަންކަން ކުރިއަށް އޮތްތާ ވަޑައިގަންނަވާ ރަށްރަށުގައި ހާމަ ކުރަައްވަމުން ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އެކުލަވާލާނީ ރޭވުންތެރިކަމާއެކު ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރަކީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެހިގެންދާނެ ފަސް އަހަރަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.