2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް އޭރު އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރި މައްސަލަ ވަރަށް ހޫނުވެފައި ވެއެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު އާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމާއި ގުޅޭ ގޮތުން އިންޑިއާ ސަފީރު، މުނޫ މަހާވަރު މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އިލެކްޝަނުން ބުނި ނަމަވެސް މި ބައްދަލުވުމުގެ އެއްވެސް ތަފުސީލެއް ނެތެވެ.
އީސީގެ ރައީސާއި އިންޑިއާ ސަފީރާ ދެބޭފުޅުންގެ ބައްދަލުވުމާ ގުޅިގެން އިދިކޮޅާއި އާންމު ގިނަ ބައެއްގެ ފާޑު ކިޔުން އެބަ އޮތެވެ. ގިނަ ބަޔަކު ބުނެފައި ވަނީ ރިޔާސީ އިންތިހާބު ކުރިމަތީގައި އޮއްވާ އިންޑިއާގެ ސަފީރާ އީސީގެ ރައީސް ބައްދަލު ކުރެއްވުމަކީ އިންސާފުވެރި އިންތިހާބަކާމެދު ޝައްކު އުފައްދަން ޖާގަ ލިބޭ ކަމެއް ކަމަށެވެ.
މީގެ ކުރީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް އޭރު އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރި މައްސަލަ ވަރަށް ހޫނުވެފައި ވެއެވެ. އޭރުވެސް ކޮމިޝަންގެ ރައީސަކަށް ހުންނެވީ ފުއާދު އެވެ.