ދާންދޫ ކުނިގޮނޑުން ފެނުނީ މިނިކަށިތޯ ބަލަނީ

މިދިއަ އަހަރުގެ ޖުލައި މަސްތެރޭގައު އއ. އަތޮޅުގައި ކުޑަކުޑަ އާބާދީއެއް އޮންނަ ހިމަންދޫން މިނިކަށިތަކެއް ފެނިފައި ވެއެވެ. އެ ރަށުން މިނިކަށިތައް ފެނިފައި ވަނީ ރަށުގެ ހުނޅަގުފަރާތުން ރަށް ގިރަމުންދާ ދިމާ، ވެލިގަނޑު ތެރެއިންނެވެ.

ގއ. ދާންދޫ: އެ ރަށުގެ ކުނިގޮނޑުން މިނިކަށިތަކެއް ފެނުނު ކަމަށް ބުނޭ

މިނި ކަށިގަނޑެއް ކަމަށް ބެލެވޭ ކަށިގަނޑެއް ގއ. ދާންދޫ ކުނިގޮނޑުން ފެނިގެން ބަލައި ތަހުގީގެއް ކުރާން ފަށައިފި އެވެ.

ފުލުސް އިދާރާއިން މިރޭ ބުނީ ދާންދޫ ކުނި ގޮނޑު ތެރެއިން ކަށިގަނޑެއް ފެނިގެން ރިޕޯޓް ކުރި އިރު އެއީ ވަރަށް ގިނަ ދުވަސްވެފައިވާ ކަށިގަނޑެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ މިނިކަށިގަނޑެއްކަން ނުވަތަ ނޫންކަން އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.

ކަށިގަނޑެއް ފެނުނު މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލާން ފަށާފައިވާ ކަމަށް ފުލުހުން މީޑީއާއަށް ފޮނުވި މެސެއްޖެއްގައި މިރޭ ބުންޏެވެ.

މިދިއަ އަހަރުގެ ޖުލައި މަސްތެރޭގައު އއ. އަތޮޅުގައި ކުޑަކުޑަ އާބާދީއެއް އޮންނަ ހިމަންދޫން މިނިކަށިތަކެއް ފެނިފައި ވެއެވެ. އެ ރަށުން މިނިކަށިތައް ފެނިފައި ވަނީ ރަށުގެ ހުނޅަގުފަރާތުން ރަށް ގިރަމުންދާ ދިމާ، ވެލިގަނޑު ތެރެއިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.