މި އެމްބިއުލާންސްތަކަކީ "ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ)" ގެ ދަށުން ހަދިޔާކުރެވުނު އެމްބިއުލާންސްތަކެކެވެ.
ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް އަށް އެމްބިއުލާންސް ހަދިޔާ ކޮށްފި އެވެ.
ޖަޕާނު ސަރުކާރުގެ އެހީގައި އެމްބިއުލާންސް ހަދިޔާ ކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ހަވާލު ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު ތަކެއުޗި މިދޯރީ އެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން އެމްބިއުލާންސްތަކާއި ހަވާލު ވެވަޑައިގެންނެވީ މިނިސްޓަރު އަހުމަދު ނަސީމެވެ. ހެލްތު ފެސިލިޓީތަކުން އެމްބިއުލާންސްތަކާއި ހަވާލުވީ އެ ފެސިލިޓީއެއްގެ މެނޭޖަރެވެ.
މިއަދު ހަވާލު ކުރެވުނު އެމްބިއުލާންސްތަކާއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލި މީހުނަށް ފޯރު ކޮށްދެން ޖެހޭ ސިއްހީ ކުއްލި ފަރުވާ ރަށްރަށުގައި އަވަހަށް ފޯރު ކޮށްދިނުމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މި އެމްބިއުލާންސްތައް ފޯރުކޮށްދޭނީ ހުޅުމާލެއަށާއި އަތޮޅުތެރޭގެ ބައެއް ރަށްރަށަށެވެ. އެއީ؛
މިއިން ކޮންމެ ރަށަކަށް އެއް އެމްބިއުލާންސް ފޮނުވާއިރު ހުޅުމާލޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އެމްއެމްބިއުލާންސް ސާވިސަސްއަށް މީގެ ތެރެއިން ދެ އެމްބިއުލާންސް ފޮނުވަން ވަނީ ހަމަޖެހިފަ އެވެ.
މި އެމްބިއުލާންސްތަކަކީ "ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ)" ގެ ދަށުން ހަދިޔާކުރެވުނު އެމްބިއުލާންސްތަކެކެވެ.
މި އެމްބިއުލާންސްތަކަކީ އަށް ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓްތަކާއެކު ހަދިޔާކުރެވުނު އެމްބިއުލާންސްތަކެކެވެ. މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިޕް ސަޕޯޓް (އޭއެލްއެސް) އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑު ހިމެނެ އެވެ.