"ރައްކާ ކެންޕޭން" ހިންގަން ތިން ކުންފުންޏަކާ ބައިވެރިވެއްޖެ

އިއްޔެ ސޮއިކުރެވުނު އެގްރިމެންޓްގެ ދަށުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ބޭވުމަށް ހަމަޖެހިފައިވެއެވެ.

''ރައްކާ ކެމްޕެއިން'' ކުރިއަށް ގެންދަން ތިން ކުންފުންޏަކާއެކު ހެދި އެއްބަސްވުމަށް ފަހު އޮފިޝަލުން ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ޕޮލިސް

ރޯޑް ސޭފްޓީ އެވެއާނެސް ޕްރޮގްރާމް، ''ރައްކާ ކެމްޕޭން'' ކުރިއަށް ގެންދަން ތިން ކުންފުންޏަކާއެކު ދިވެހި ފުލުހުންގެ ހިދުމަތުން އެއްބަސްވުންތަކެއްގައި ސޮއި ކޮށްފި އެވެ.

މި އެއްބަސްވުންތަކާއެކު ''ރައްކާ ކެމްޕޭން'' ގެ ތެރެއިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ހިންގާނެ އެވެ. 

އިއްޔެ އިސްކަންދަރު ބިލްޑިންގްގައި ފުލުހާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ، ސިލްވާ ޕާޓްނާ، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އާއި ޝީޝާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އުރީދޫ އެވެ.

އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އަލީ ރަޝީދެވެ. އެލައިޑުން ޖެނެރަލް މެނޭޖަރު އިބްރާހީމް ފިރުޝާނެވެ. ޝީޝާގެ ފަރާތުން އޮޕަރޭޝަންސް އެންޑް މާކެޓިން މެނޭޖަރު ފާތިމަތު ޖުމާން ސޮއި ކުރެއްވި އިރު އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.