އިބްރާ ވިދާޅުވި ވާހަކައެއް: ސަރުކާރުގެ ޖަރީމާތައް ހާމަކުރަން އެބަ ތައްޔާރުވަން

މި ސަރުކާރުގެ ކުރީކޮޅު އޭނާއަށް ފެންނަ ބައެއް ވާހަކަތައް ހިއްސާ ކުރެއްވި ކަމަށާ އަޑު އަހާނެ ބޭފުޅަކު ނެތުމުން އެކަން ހުއްޓަވާލެއްވީ ކަމަށް އިބްރާ ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ): ވިދާޅުވީ ސަރުކާރުން ހިންގާ ޖަރީމާތައް ހާމަ ކުރުމުގެ ސިލްސިލާއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް

ސަރުކާރުން ހިންގާ ޖަރީމާތައް ހާމަ ކުރުމުގެ ސިލްސިލާއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރު / އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅު ވެއްޖެ އެވެ.

ގާނޫނު އަސާސީ އެކުލަވާލި ކޮމެޓީގެ މުގައްރިރުކަން ވެސް ކުރެއްވި އިބްރާއަކީ ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ. މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި އިބްރާގެ ކޮއްކޮމެން ހިމެނި ވަޑައިގަންނަވަ އެވެ.

އޭނާ މިއަދު ވިދާޅުވީ "ތަރައްގީގެ ޕްރޮޖެކްޓްތަކަށް" ރައްޔިތުންގެ ލޯތައް ހުއްޓުވާފައި ފަރުދާގެ ބިއްދަށުގައި ދައުލަތް ފުނޑުކުރުމުގެ އެތައް ޖަރީމާތަކެއް ދަނީ ހިންގަމުންނެވެ. އެކަން ހާމަ ކުރައްވާނެ ކަމުގެ އިންޒާރު އޭނާ ދެއްވަ އެވެ.

ވިދާޅުވީ ސަރުކާރުން ހިންގާ ޖަރީމާތައް ހާމަ ކުރުމުގެ ސިލްސިލާ އެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. އޭނާއަކީ ރައީސް މައުމޫނުގެ ސަރުކާރު އޮތް އިރު "މިނިވަން ބަހުސް" ފެއްޓެވި ލީޑަރެވެ. 

އިބްރާގެ މި ވާހަކަތަކާއި ގުޅިގެން ސަރުކާރުގެ އެންމެ ނުފޫޒުގަދަ މިނިސްޓަރަކީ އިބްރާގެ ކޮއްކޮ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކަމަށާ ސަރުކާރު ހިންގާ ގޮތާއި ހިންގާ ޖަރީމާތަކާއި ގުޅޭގޮތުން މިނިސްޓަރު ފައްޔާޒާއި މަޝްވަރާކޮށް އެކަންކަން ހުއްޓުވަން އެއްވެސް ނަސޭހަތެއް ދެންތޯ މީހަކު ވަނީ ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެމުން އިބްރާ ވިދާޅުވީ އޭނާއަކީ ސަރުކާރުގެ އެއްވެސް ބޭފުޅަކަށް އެއްވެސް މަޝްވަރާއެއް ދެއްވާ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ކުރީކޮޅު އޭނާއަށް ފެންނަ ބައެއް ވާހަކަތައް ހިއްސާ ކުރެއްވި ކަމަށާ އަޑު އަހާނެ ބޭފުޅަކު ނެތުމުން އެކަން ހުއްޓަވާލެއްވީ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.