ކެންސަރު ސޮސައިޓީއަށް 100،000 ރުފިޔާ އެމްއޭސީއެލުން ހަދިޔާކޮށްފި

އެމްއޭސީއެލްއިން ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް އަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ.މި ކޮންޓްރިބިއުޝަންގެ މަޤްޞަދަކީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން އެއްކުރާ މަޢުލޫމާތުތައް ބެލެހެއްޓުމާއި ބެލެހެއްޓުން އިތުރުކުމެވެ.

އެމްއޭސީއެލުން ކެންސަރު ސޮސައިޓީއަށް 100،000ރ. ހަދިޔާ ކުރުމަށް ރަމްޒީ ޗެކެއް ހަވާލު ކުރަނީ -- ފޮޓޯ: އެމްއޭސީއެލް

ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްއަށް އެމްއޭސީއެލުން 100،000ރ. ހަދިޔާ ކޮށްފި އެވެ. 

އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ތެރެއިން މި އެހީ ދިނީ ކެންސަރު ސޮސައިޓީން އެއްކުރާ މައުލޫމާތުތައް ބެލެހެއްޓުމަށާއި ހަރުދަނާ ކުރުމުގެ އިތުރުން ސްކްރީން ޕްރޮގްރާމް ހިންގާށެވެ. މިއީ މުޖުތަމައަށް އެހީތެރި ވެދޭން އެމްއޭސީއެލުން ކުރާ މަސައްކަތުގެ ބައެކެވެ. 

އެމްއޭސީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އިއްޔެ މި އެހީގެ ފައިސާ ކެންސަރު ސޮސައިޓީއަށް ހަވާލުކޮށް ދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މަހްޖޫބު ޝުޖާއު އެވެ. ކެންސަރު ސޮސައިޓީން އެހީއާ ހަވާލުވެ ވަޑައިގަތީ އެ ސޮސައިޓީގެ ޓްރެޒަރާ ނީނާ މަންސޫރެވެ.

އެމްއޭސީއެލްގެ މި އެހީއާއެކު ކެންސަރު ސޮސައިޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާ ކުރާނެ އިރު އެ ސޮސައިޓީން މިހާތަނަށް 20،900 އަށް ވުރެ ގިނަ މީހުނަށް ކެންސަރުގެ އެކި ބަލިތަކަށް ސްކްރީން ކޮށްފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.