ރަސްމީ އެއްވެސް ސްކޫލަކަށް ނުދާ 229 ކުއްޖަކު އެބަތިބި

އުމުރުން 15 އަހަރުގެ މީހުންގެ ތެރެއިން އެންމެ 39 ޕަސެންޓް މީހުންގެ އަތުގައި އެންމެ މައްޗަށް އޮތީ އޯލެވެލް ފެންވަރުގެ ސެޓްފިކެޓެކެވެ.

ދޮންދޫނި ލިޓްލް ލާނާސް ޕްރީސްކޫލްގެ ގުރެޖުއޭޝަން

ރާއްޖޭގައި ރަސްމީ ތައުލީމުދޭ އެއްވެސް މަރުކަޒަކުން ތައުލީމު ހާސިލު ނުކުރާ 229 ކުއްޖަކު އެބަތިބި ކަމަށް ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ސްޓެޓިސްޓިކްސް ބިއުރޯ އިން މިއަދު އާންމު ކުރި 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ބައެއް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ސްކޫލަށް ދާ އުމުރުގެ 71،635 ދިވެހި ކުދިން ދިރިއުޅެ އެވެ. އޭގެ ތެރެއިން 99.7 އިންސައްތަ ދަރިވަރުން ރަސްމީކޮށް ތައުލީމު ހާސިލު ކުރަމުން ދެއެވެ. ނަމަވެސް، 0.3 ޕަސެންޓް ކުދިންނަކީ ރަސްމީ އެއްވެސް މަރުކަޒަކުން ކިޔަވާ ކުދިންނެއް ނޫނެވެ.

އެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އާބާދީގެ 98 ޕަސެންޓް ދިވެހި ބަހުން ލިޔަން ކިޔަން އެނގެ އެވެ. އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގެނީ 81 ޕަސެންޓް މީހުނަށެވެ.

އުމުރުން 15 އަހަރުގެ މީހުންގެ ތެރެއިން އެންމެ 39 ޕަސެންޓް މީހުންގެ އަތުގައި އެންމެ މައްޗަށް އޮތީ އޯލެވެލް ފެންވަރުގެ ސެޓްފިކެޓެކެވެ. އަދި، 18 ޕަސެންޓް މީހުން ކިޔެވުން ނިންމާލާފައި ވަނީ ޕްރައިމަރީއާ ހިސާބުންނެވެ. ޑިގްރީ ނުވަތަ އެއަށް ވުރެ މަތީ ފާހެއް ނަގާފައި ވަނީ 10 ޕަސެންޓް މީހުންނެވެ.

ރާއްޖޭގައި މަދު އަދަދެއްގެ ކުދިން ސްކޫލަށް ނުދާކަން މީގެ ކުރިން ހެދި ބައެއް ދިރާސާތަކުން ވެސް ހާމަ ވެފައިވެއެވެ. އެ ކުދިން ކިޔަވަން ނުދާ ބައެއް ސަބަބުތަކުގެ ތެރޭގައި ގޭންގުތަކާ ގުޅި ކުށްކުރަން ފެށުމާއި، ދީނީ ބައެއް ގަބޫލު ކުރުންތަކުގެ ސަބަބުން މައިން ބަފައިން ސްކޫލަށް ނުފޮނުވުން ފާހަގަކުރެވިފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.