ސަޓާގެ މި އަހަރުގެ ޕާޓްނަރުން އިއުލާނު ކޮށްފި

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އަކީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވާ ބޮޑު ހަރަކާތެކެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2023 ގެ ޕާޓްނަރުން އިއުލާނު ކުރުން

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2023 ގެ ޕާޓްނަރުން އިއުލާނު ކޮށްފި އެވެ. 

ސަޓާގެ މި އަަހަރުގެ ޕާޓްނަރުން ރަސްމީކޮށް އިއުލާނު ކޮށްފައި ވަނީ މިއަދު މާލޭގެ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޕާޓްނަރުން ހާމަކޮށްފައިވަނީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެފަރާތްތަކުގެ އަހައްމިއްޔަތުކަން ދައްކުވައިދޭ ގޮތަށް ކަމުގައިވާއިރު ސާޓާގެ ޕްލެޓިނަމް ޕާޓްނަރަކީ ލަގްޒަރީ ޔޮޓް އުފެއްދުމުގައި މަޝްހޫރު ނަމެއް ކަމަށްވާ ގަލްފް ކްރާފްޓެވެ. 

ގޯލްޑް ޕާޓްނަރުންނަކީ ހޯކްސް ޕްރައިވެޓް ލިމިޓެޑާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އޮޑިޓިން ޕާޓްނަރަކަށް ކްރޯ މޯލްޑިވްސް އަދި ހޮސްޕިޓާލިޓީ ޕާޓްނަރަކަށް މާގިރި ހޮޓެލް ވަނީ ހަމަޖައްސާފައެވެ. 

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2023 ގެ ޕާޓްނަރުން އިއުލާނު ކުރުން

ސަޓާގެ ރައީސް އިސްމާއިލް ހަމީދު ވަނީ ސަޓާގެ ޕާޓްނަރުންނަށް ޝުކުރު އަދާކުރައްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާގެ ބެންގަލޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި ވިދާޅުވީ އެވޯޑު ދިނުމުގެ އެ ހަފްލާގައި ސައުތު އޭޝިއާ ސަރަޙައްދުގެ އެކި ކަންކޮޅުތަކުގެ އިންޑަސްޓްރީގެ އިސްވެރިންނާއި، ސްޓޭކްހޯލްޑަރުން އެއްތަނަކަށް ޖަމާވާނެ ކަމަަށެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2023 ގެ ޕާޓްނަރުން އިއުލާނު ކުރުން

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އަކީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވާ ބޮޑު ހަރަކާތެކެވެ. 

ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުން ކުރިއަށް ގެންދާ ސިލެކްޝަން ޕްރޮސެސްއަކާ އެކު ސަޓާއިން ވަނީ ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން އާއި ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން އާއި ބެސްޓް އެޑްވެންޗާ ޑެސްޓިނޭޝަން އަދި ބެސްޓް އިމާޖިން ޑެސްޓިނޭޝަން ފަދަ 52 ކެޓަގަރީއަކުން އެވޯޑް ދެމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.