މިއަދުގެ ޖަލްސާގައި 10 އިސްލާހެއް ހުށަހަޅާފައިވާއިރު އެންމެ ގިނަ އިސްލާހު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފާއި ދަ ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ކުރައްވާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލާނެ ގޮތުގެ ރިޕޯޓަށް އިދިކޮޅު ޕީޕީއެމް އަދި ދަ ޑިމޮކްރެޓްސް އިން ހުށަހެޅި އިސްލާހުތައް ބޭރު ކޮށްލައިފި އެވެ.
މަޖިލީހުގެ ދާއިމީ 16 ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ އިސްލާހުތަކާމެދު މިއަދު ގޮތެއް ނިންމާފައި ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެނެވެ.
މިއަދުގެ ޖަލްސާގައި 10 އިސްލާހެއް ހުށަހަޅާފައިވާއިރު އެންމެ ގިނަ އިސްލާހު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފާއި ދަ ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ކުރައްވާ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. ދެ މެމްބަރުން ވެސް ހުށަހެޅުއްވީ އެއް ކަންތައްތަކެކެވެ.
އެ ދެ މެމްބަރުން ހުށަހެޅުއްވި އިސްލާހުތަކުގައި ފާހަގަ ކުރެއްވީ ދާއިމީ މުހިންމު ކޮމެޓީތަކުގައި ސަރުކާރު ހިންގާ އެމްޑީޕީއަށް އަޣުލަބިއްޔަތު ނުދިނުމަށެވެ. މިނިވަން އަދި އިންސާފުވެރި މަސައްކަތްކެއް ކުރެވޭނީ ހުރިހާ ޕާޓީއަކާއި އަމިއްލަ މެމްބަރުންނަށް ހަމަހަމަ ފުރުސަތު ތަކެއް ދީގެން ކަމަށް ދެ މެމްބަރުން ފާހަގަ ކުރެއްވި އެވެ. އެހެންވެ، މަޖިލީހުގައި ހިމެނޭ އަށް ކޮމެޓީއަކަށް ބަދަލު ގެންނަން ދެ މެމްބަރުން ހުށަހެޅުއްވި އެވެ. އެއީ:
ދެން އިސްލާހެއް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ. އޭނާ އިސްލާހެއް ހުށަހެޅުއްވީ ކޮމެޓީތައް އެކުލެވިގެންވާ ރިޕޯޓަށް ކަމެއް އިތުރު ކުރުމަށެވެ. އެއީ މެމްބަރުންގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މަޖިލީހުގައި ހިމެނޭ 16 ދާއިމީ ކޮމެޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި މަދުވެގެން އެއްފަހަރު ތަމްސީލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ގޮތަށް ނުކުތާއެއް އިތުރުކުރުމަށެވެ.
ހުރިހާ އިސްލާހެއް ބޭރު ކޮށްލާފައި ވަނީ 13 މެމްބަރުން ފެންނަ ކަމަށް އަދި 33 މެމްބަރުން ނުފެންނަ ކަމަށް ވޯޓު ދީގެންނެވެ. ނަޝީދުގެ އިސްލާހު ބޭރުކޮށްލީ ފެންނަ ކަމަށް 14 އަދި ނުފެންނަ ކަމަށް 35 މެމްބަރުންގެ ވޯޓުންނެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީ ފެވެ.