ފޯނުގައި ޔޫއެސްބީ-ސީ ޕޯޓެއް ހިމެނުން ފާހަގަ ކުރެވޭއިރު އައިފޯން-15 ގައި ބޭނުން ކުރާނީ ވައިފައި 6-އީ ޓެކްނޮލޮޖީ އެވެ. އަދި ކެމެރާގެ އޮޕްޓިކަލް ޒޫމް އިތުރަށް ވަރުގަދަ ކޮށްފައި ވެ އެވެ.
ސެޕްޓެމްބަރު މަހު ނެރޭ އާ އައިފޯންގެ ކަން ކަމަށް އެޕަލް އަންނަނީ ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރު ނެރޭ އައިފޯން-15 ގައި ގިނަ ބަދަލުތަކެއް ހިމެނެ އެވެ.
ޑިޒައިނަށް ބޮޑު ބަދަލެއް ނުގެނައި ނަމަވެސް އައިފޯން-15 ވަރަށް ތަފާތުވާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އާ އައިފޯނުގެ ޑިސްޕްލޭ ބޮޑުވެ. ރަނގަޅު ފެންވަރެއްގެ ބެޓެރީއެއް ހުންނާނެއެވެ. ރަނގަޅު މާ ރަނގަޅުވާނެ އެވެ. އެހެންވެ އައިފޯން 15 ސިރީޒްގައި ހިމެނޭ 15 ޕްރޯ މެކްސް ވަރަށް އަގު ވެސް ބޮޑު ވެދާނެ އެވެ.
އައިފޯން-15 ޕްރޯގައި އޭ-17 ބައޯނިކް ޗިޕް ބޭނުން ކުރާނެތީ ފޯނުގެ ޕާފޯމަންސާއި އެފިސެންސީ އިތުރު ވާނެ އެވެ. އެންމެ ބޮޑު ބަދަލަކީ އޭ-17 ޗިޕް ބޭނުން ކުރުމެވެ. ނަމަވެސް އައިފޯ-15 އަދި އައިފޯން-15 ޕްލަސްގައި ބޭނުން ކުރާނީ އޭ-16 ޗިޕެކެވެ.
އައިފޯން-15 ގައި ހިމެނޭނީ ޓިޓޭނިޔަމް ފްރޭމެކެވެ. އެއީ އެންމެ ފަހުން ނެރުނު އެޕަލް ވޮޗް އަލްޓްރާގެ ފްރޭމް ތައްޔާރު ކުރަން ބޭނުން ކުރި ޓެކްނޮލޮޖީ އެވެ. އެހެންކަމުން މީގެ ކުރިން ސްޓެއިންލެސް ސްޓީލްގައި ތައްޔާރު ކުރަމުން އައި ފޯނުން މިބަދަލު ފެންނާނެ އެވެ.
ފޯނުގައި ޔޫއެސްބީ-ސީ ޕޯޓެއް ހިމެނުން ފާހަގަ ކުރެވޭއިރު އައިފޯން-15 ގައި ބޭނުން ކުރާނީ ވައިފައި 6-އީ ޓެކްނޮލޮޖީ އެވެ. އަދި ކެމެރާގެ އޮޕްޓިކަލް ޒޫމް އިތުރަށް ވަރުގަދަ ކޮށްފައި ވެއެވެ.