އެއް ނަމްބަރު ފުރާލާފަ އަލްޝާލީގެ ރީތި ލޯންޗުތައް

އަލްޝާލީގެ މި ލޯންޗްތަކަކީވެސް 50 މީހުންގެ ޖާގައިގެ ހިތްގައިމު ލޯންޗްތަކެކެވެ. އެތެރޭގައިވެސް މަޑުކޮށްލައިގެން ތިބެން ތަނަވަސް މާހައުލެއް އޮވެ އެވެ.

އާރުޓީއެލްގެ ލޯންޗްތައް އެއް ނަމްބަރު ފާލަން ކައިރީގައި - އެމްވީޕްލަސް

ފަތިހު އެއް ނަމްބަރު ފާލަމާ ކައިރިވީއިރު މާގިނަ އުޅަނދުތަކެއް އެ ސަރަހައްދުގައި އަޅާފައި އޮތްތަން ފެނުނެވެ. ބަލާލަން ރީތި އެ ލޯންޗް ތަކަކީ ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމަށް ރާއްޖޭގެ އަލްޝާލީ މެރިން މޯލްޑިވްސް (އޭސް މެރިން) އިން ބަނދެގެން ބާލާފައިވާ އުޅަނދު ފަހަރެވެ. އެއް ނަމްބަރު ފާލަން ސަރަހައްދު ފުރާލާފައި ވަނީ އޭސް މެރިން ޓުއަރިން 55 ގެ އެވޯޑް ވިނިން ލޯންޗްތަކުންނެވެ. 

ރާއްޖޭގެ ކަނޑު އުޅަނދު ސިނާއަތަށް ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދިން އަލްޝާލީ މެރިންއަށް ދަތުރުފަތުގެ ނިޒާމުގެ ފެރީ ވިއުގައަށް އުޅަނދު ފަހަރު ބަންނަން ހަވާލު ކުރުމާއެކު އެ ކުންފުނިން ދަނީ މަސައްކަތް ހަލުއި ކަމާއެކު ނިންމަމުންނެވެ. މި ނިޒާމުގައި ބޭނުން ކުރަން އެންމެ ހިތްގައިމު މި ލޯންޗް ތަކަކީ އޭސް މެރިންގެ ޓުއަރިން 55 ގެ އުޅަނދު ތަކެވެ. މި އުޅަނދަށް އިތުރު މޮޑިފިކޭޝަންތައް ގެނެސް ފުރިހަމަ ކޮށްފައިވާއިރު އޭސް މެރިންގެ މި އުޅަނދުތަކަކީ ރާއްޖޭގެ ކަނޑުތަކަށް އެކަށީގެންވާ ގޮތަށް ބަނދެފައިވާ ބަލާލަން ވެސް ރީތި އުޅަނދު ތަކެވެ. 

ނުވަ މަސް ހަތަރު ލޯންޗް - މަސައްކަތް ހަލުއި

އަލްޝާލީ މެރިން އަށް އާރުޓީއެލް ލޯންޗް ބަންނަން ހަވާލު ކޮށްފައިވަނީ މީގެ ނުވަ މަސް ކުރިންނެވެ. މި މަޝްރޫއުގެ ދަށުން  65 ސްޕީޑް ފެރީ ބަންނަން އެ ކުންފުންޏަށް ހަވާލުކުރީ 537 މިލިއަން ރުފިޔާ އަށެވެ. ހަވާލުކުރިތާ ނުވަ މަސްތެރޭ އެ ކުންފުނިން މިވަނީ ހަތަރު ލޯންޗެއް ބަނދެ ހަވާލު ކޮށްފަ އެވެ. 

އަލްޝާލީ މި ލޯންޗްތަކުގެ ސިފަތައް

  •  ތަނަވަސްކޮށް ތިބެވޭނެ 50 މީހުންގެ ޖާގަ
  •  ފާހާނާއާ ރޭމްޕަކާއި ސްޓްރެޗާ އަދި ފުރޮޅުލީ ގޮނޑި ބެހެއްޓޭނެ
  •  މުޅި ލޯންޗް ފުލް އެއާކޮންޑިޝަން

މި ލޯންޗްތައް ސަރުކާރުގެ ޓްރާންސްޕޯޓް ކުންފުނި އެމްޓީީސީސީ އިން ބޭނުން ކުރާނީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ކަމަށްވާ ހުވަދު އަތޮޅުގަ އެވެ. މި ލޯންޗްތައް މިއަދުގެ ވަގުތެއްގައި ހުވަދޫއަށް ފުރާނެ އެވެ. 

އަލްޝާލީ މެރިންގެ އުޅަނދުތަކަކީ ރާއްޖޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ގިނަ އަހަރުތަކެއްގައި ލިބިފައިވާ އުޅަނދުތަކެވެ. ބޯޓިން އެވޯޑުގައި މި އެވޯޑު ދޭން ފެށި 2016 އިން ފެށިގެން މެދުނުކެނި އެވޯޑުތައް ވަނީ ލިބިފަ އެވެ. ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުގެ ތެރޭން އެންމެ ވަރުގަދަ 100 ކުންފުނި ނަގައި ދޭ "ގޯލްޑް 100" ކުންފުނީގެ ލިސްޓުގައި ވެސް އަލްޝާލީ ހިމެނިފަިއވެ އެވެ. 

އަލްޝާލީ މެރިން - އަލްޝާލީ މެރިން ރާއްޖޭގައި އިންވެސްޓް ކުރީ 2006 ގަ އެވެ. މި ކުންފުނި ރާއްޖޭގައި ހިދުމަތް ފަށާފައި ވަނީ އަލްޝާލީ މެރިން ދުބާއީ އާއި ރާއްޖޭގެ ވަރުފަދަ ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިން ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ ވިޔަފާރިއަކުންނެވެ. އެހެންވެ މިއީ މިހާރު ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ދިވެހި ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.