މަހިބަދޫއަށް ދިޔަ ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް، މީހުން ސަލާމަތްކޮށްފި

ޖޫންޖުލައިގެ ގަދަ ވިއްސާރަ މޫސުން ފެށިފައިވާއިރު ވަޔާއި، ކަނޑު ގަދަވެ، ކަނޑުމަތީގެ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ.

މޫސުން ގޯސް، ކަނޑުގަދަ ދުވަހެއް: މިއަދު ވެސް ކަނޑުމަތީގެ ދެ ހާދިސާއެއް ހިނގައިފި

މާލެއިން ފުރައިގެން އދ. މަހިބަދޫއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށް ހިނގައްޖެއެވެ. 

ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި އަށް މީހުން ފުލުހުން ވަނީ ސަލާމަތްކޮށްފައެވެ. އެމީހުންގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ރިކާޑޯ ބޯޓު އަލިހުރަސް ކަނޑަށް އަޑިއަށްދާކަމަށް މައުލޫމާތު ލިބުމާއެކު، އދ އަތޮޅުގެ ޕޮލިސް ލޯންޗު އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އަދި ދޯނީގައި މީހުން ލޯންޗަށް ނަގައި، މަހިބަދޫ އަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.

އެ ހާދިސާގައި ދިޔަވި ދޯނި ވަނީ ހުރިހާ މުދަލަކާއެކު އަޑިއަށް ގޮސްފައެވެ.

ޖޫންޖުލައިގެ ގަދަ ވިއްސާރަ މޫސުން ފެށިފައިވާއިރު ވަޔާއި، ކަނޑު ގަދަވެ، ކަނޑުމަތީގެ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަދު ވަނީ ރ. އުނގޫފާރުން ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ ބެޓެރީ ގޮވައި، ހަ މީހަކަށް އަނިޔާވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.