ޔޫއެސްސީ ފުޓްސަލް ޓޯނަމަންޓް: ތަށި މިލްކުކޮށް އާރުބީޖީގެ ފެންވަރު ދައްކާލައިފި

މި އަހަރުގެ މުބާރާތް ކާމިޔާބު ކުރުމާއެކު އެ ޓީމުން ވަނީ ޖެހިޖެހިގެން ތިން ވަނަ އަހަރު މުބާރާތުގެ ތަށި އުފުލާލާ އެ ތަށި މިލްކުކޮށްފައެވެ. އެއާއެކު އާރުބީޖީ ވެފައިވަނީ ޔޫއެސްސީ ފުޓްސަލް ޓޯނަމަންޓްގެ ތަށި މިލްކުކުރި ދެވަނަ ޓީމަށެވެ.

އާރުބީޖީން މި އަހަރުގެ ތަށި އުފުލާލަނީ: މިއީ އެ ޓީމުން މި ތަށި އުފުލާލި ތިންވަނަ ފަހަރު

އއ. މަތިވެރީ ޔޫނިއަން ސްޕޯޓްސް ކްލަބް (ޔޫއެސްސީ) ގެ 17 ވަނަ ފުޓްސަލް ޓޯނަމަންޓް ކާމިޔާބުކޮށް އާރުބީޖީން ޝަރަފުވެރި ކާމިޔާބެއް ހޯދައިފި އެވެ.

މި އަހަރުގެ މުބާރާތް ކާމިޔާބު ކުރުމާއެކު އެ ޓީމުން ވަނީ ޖެހިޖެހިގެން ތިން ވަނަ އަހަރު މުބާރާތުގެ ތަށި އުފުލާލާ އެ ތަށި މިލްކުކޮށްފައެވެ. އެއާއެކު އާރުބީޖީ ވެފައިވަނީ ޔޫއެސްސީ ފުޓްސަލް ޓޯނަމަންޓްގެ ތަށި މިލްކުކުރި ދެވަނަ ޓީމަށެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތަކީ އަރިއަތޮޅުގައި ބޭއްވޭ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތެވެ.

މުބާރާތުގެ ރަނަރަޕް ޓީމަކީ އެފްޓީ ވޭލިއަންޓް

މި އަހަރުގެ މުބާރާތުގެ ފައިނަލްގައި ބައްދަލު ކުރީ އާރުބީޖީއާ އެފްޓީ ވޭލިއަންޓެވެ. 

މުބާރާތް ނިމުމުން ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއާ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރީން ވަނީ ހޮވާފައެވެ.

ޔޫއެސްސީ 17 ވަނަ ފުޓްސަލް ޓޯނަމަންޓްގެ އެންމެ މޮޅު ކުޅުންތެރީން

މީގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ވެސް ވަނީ ހޮވާފައެވެ. މި އަހަރުގެ މުބާރާތުގައި އެ މަގާމު ދެ ކުޅުންތެރިއަކު ހޯދާފައިވެއެވެ. 

ޔޫއެސްސީ 17 ވަނަ ފުޓްސަލް ޓޯނަމަންޓްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ
ޔޫއެސްސީ 17 ވަނަ ފުޓްސަލް ޓޯނަމަންޓްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އެފްޓީ ވޭލިއަންޓްގެ އިބްރާހިމް ރިމާހް (ރިމޭ) އެވެ. މުބާރާތުގައި ރިމޭ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އެފްޓީ ވޭލިއަންޓްގެ އިބްރާހިމް ރިމާހް (ރިމޭ)

ފެއާ ޕްލޭ ޓީމަކީ ޔަންގް ޕްލެޔާސް އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އިބްރާހިމް ޝާޒް ޝަރީފެވެ.

ފެއާ ޕްލޭ ޓީމަކީ ޔަންގް ޕްލެޔާސް
އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އިބްރާހިމް ޝާޒް ޝަރީފް

މި އަހަރުގެ މުބާރާތުގައި ހަ ޓީމު ވާދަ ކުރި އެވެ. ރާއްޖޭގައި ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރީން މި އަހަރުގެ މުބާރާތުގައި ވެސް ކުޅެފައިވެއެވެ.

މަތިވެރީގެ އެންމެ ގިނަ ދުވަސްވީ ޖަމިއްޔާއިން ބާއްވާ މި މުބާރާތަކީ ކޮންމެ އަހަރަކުވެސް އަލްހާ އީދާ ދިމާކޮށް ބާއްވާ މުބާރާތެކެވެ. މި ފަހަރު ޗެމްޕެއިން ޓީމަށް 36،017 ރުފިޔާ ދީފައިވެއެވެ. ރަނަރަޕް ޓީމަށް 11،017 ރުފިޔާ އެވެ. މިއީ މި މުބާރާތަށް އެންމެ ބޮޑު އަގެއް ހުށައެޅި ފަހަރެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުނު ޖަމިއްޔާގެ މެންބަރުން
މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުނު ޖަމިއްޔާގެ މެންބަރުން: ޖަމިއްޔާގެ ރައީސް ހުސައިން ޝަރީފް (ފަހަތުން ދެވަނައަށް)

މި އަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ހެޕީ މާކެޓްގެ ރައުޚް ބްރޭންޑެވެ. އެކޮމަޑޭޝަން ޕާޓްނަރަކީ ކެޕްޓަލް އައިލެންޑް ވިލާ އެވެ. ކޭޓަރިން ޕާޓްނަރަކީ އިރުބެ ކެފޭ އެންޑް ރެސްޓޯރަންޓެވެ.

މި އަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ހެޕީ މާކެޓްގެ ރައުޚް ބްރޭންޑް

ޔޫއެސްސީއަކީ މުޅި އަރިއަތޮޅުގައިވެސް އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާ އެވެ. މަތިވެރިއާ މުޅި އަތޮޅަށް އަމާޒުކޮށްވެސް އެކި މުބާރާތްތައް ކުރިއަށް ގެންދެއެވެ. އެންމެ ފާހަގަކޮށްލެވެނީ މިދިޔަ 22 އަހަރު މެދުކެނޑުމެއް ނެތި މަތިވެރީގައި ބާއްވަމުން އައި ގުރުއާން މުބާރާތެވެ. މަތިވެރީގެ އިޖްތިމާއީ ތަރައްގީއަށް ކުރެވުނު ކޮންމެ މަސައްކަތެއްގައި ޔޫއެސްސީގެ ދައުރު ބޮޑެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.