މަންޑޭ ހައްޔަރު ކޮށްފި

ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ހައްޔަރު ކުރަން ކޯޓުން ރޭ އޮތީ އަމުރެއް ނެރެފައެވެ. އެ އަމުރާއެކު މަންޑޭ ދެންމެ ވަނީ ހައްޔަރު ކޮށްފައެވެ.

ހަސަން މަމްދޫދު (މަންޑޭ)

ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރޭން ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ދެންމެ ހައްޔަރު ކޮށްފި އެވެ.

މަންޑޭ ހައްޔަރު ކުރަން ކޯޓުން ރޭ އޮތީ އަމުރެއް ނެރެފައެވެ. މި އަމަރު ދިން އިރު ކްރިމިނަލް ކޯޓުން ކުރިން އޮތީ، ފުލުހުން އެދިގެން މަމްދޫހުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދީފަ އެވެ. އަދި އެ އަމުރު ރިވިއު ކުރަން މަމްދޫހުގެ ފަރާތުން އެދިފައި ވެސް އޮތެވެ. އެއީ އެއީ ރާއްޖޭން ބޭރުގައި ތިބި އޭނާގެ އާއިލާއާ ބައްދަލުކޮށް ޒަރޫރީ ބައެއް ކަންކަން ހަމަޖައްސާށެވެ.

އިއްޔެ އިއްޔެ ކްރިމިނަލް ކޯޓުން 45 ދުވަހުގެ މުއްދަތަކަށް މަމްދޫހުގެ ޕާސްޕޯޓު ދޫކޮށްލަން އަމުރު ނެރެދިން އިރު، އެނގިފައިވާ ގޮތުގައި މަމްދޫހު ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން ވަނީ އިއްޔެ ކޯޓުގައި އެދިފަ އެވެ.

އޭގެ ފަހުން ވަނީ ހައްޔަރު ކުރުމުގެ އެ އަމަރު ކޯޓުން ދީފަ އެވެ. އެ އަމުރާއެކު މަންޑޭ ދެންމެ ވަނީ ހައްޔަރު ކޮށްފައެވެ.

ކޭޕާކު ޕްރޮޖެކްޓުގެ މަސައްކަތް ކުރަނީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފެއްދި ހަންބޯ މޯލްޑިވްސްއިންނެވެ. އެ ކުންފުނީގެ 95 ޕަސެންޓް ހިއްސާދާރަކީ ޗައިނާގެ ޖިން ޝީ ހޫ އެވެ. މަމްދޫހަކީ ފަސް ޕަސެންޓްގެ މައިނޯރިޓީ ހިއްސާދާރެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.