ކޮމިއުނިޓީ ފަންޑަށް މިއަހަރުގެ ފުރަތަމަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ވަނީ ހޮވާފައެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ށ. މިލަންދޫ ސްކޫލުގައި ފޮތް ކިޔާނެ އައުޓްޑޯ ރީޑިން ޕާކެއް ގާއިމް ކޮށްފި އެވެ.
މި ރީޑިން ޕާކު ތަރައްގީ ކޮށްފައި ވަނީ އެ ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ މިލަންދޫ ސްޕޯޓްސް ކްލަބްއިންނެވެ. މި އައުޓްޑޯ ރީޑިން ޕާކު ތަރައްގީ ކޮށްފައި ވަނީ މިލަންދޫ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.
ބީއެމްއެލުން ބުނީ މި ޕްރޮޖެކްޓަކީ އެ ރަށުގެ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއަން ޝައުގު އުފެއްދުމަށާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމް ކުރަން ހިންގައިދިން ޕްރޮޖެކްޓެއް ކަމަށެވެ.
ބީއެމްއެލް ކޮމިއުނީ ފަންޑުގެ ތެރެއިން ޕްރޮޕޯސަލެއް ކާމިޔާބު ކުރި މިލަންދޫ ސްޕޯޓްސް ކްލަބްގެ ނައިބު ރައީސް އަހުމަދު ސަމީހު ވިދާޅުވީ އުންމީދަކީ އެ ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ދަރިވަރުންނަށް ފޮތް ކިއަން ރަނގަޅު މާހައުލެއް ގާއިމްކުރެވި ފޮތް ކިއުމުގެ މުހިންމުކަން ދަސްވެގެން ދިއުން ކަމަށެވެ.
ކޮމިއުނިޓީ ފަންޑަށް މިއަހަރުގެ ފުރަތަމަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ވަނީ ހޮވާފައެވެ. ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 90 ޕްރޮޖެކްޓެއް ހިންގަން ފައިސާގެ އެހީ ދީފައި ވެއެވެ.