އިސްލާމް ދީނަށް ފުރައްސާރަކުރި އެއްވުމެއްގައި ދިވެހި ދިދަ އުފުލައިފި

އޭނާއަކީ ގދ. ފިޔޯރީ ސުކޫލުގައި ރިލީފު ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި އިރު ވެސް އިސްލާމްދީނާ ހިލާފު ވާހަކަތައް ދެއްކުމުގެ މައްސަލަތައް ފެންމަތިވެފައި ހުރި މީހެކެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް އެއް ޖިންސުން ގުޅުން ހިންގަން ހިތްވަރު ދޭން އިނގިރޭސި ވިލާތުގައި ބޭއްވި އެއްވުމެއްގައި ދިވެއްސަކު ދިވެހި ދިދައާއެކު ބައިވެރި ވެއްޖެ އެވެ. 

އެއް އެއްވުމުގައި ބައިވެރިވެރިވެފައި ވަނީ ކުރިން ރާއްޖޭގައި ހުރެ ފޮރުވިގެން އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރަނިކޮށް ފަޅާ އަރުވާލުމުން ފިލައިގެން ދިޔަ ހުސައިން ޝައިހާނެވެ. 

އޭރު އޭނާ "ކުރެދިކުރި" ނަމުގައި ޓްވިޓާގައި ރަސޫލާ އެކަލޭގެފާނުގެ އަނބިކަނބަލުންނަށާއި ގުރުއާނަށް ފުރައްސާރަކޮށް ހަދަނިކޮށް އެއީ ޝައިހާންކަން ހާމަވީ އަމިއްލަ ފަރާތްތަކުން ކުރި ތަހުގީގަކުންނެވެ. އޭނާ ރާއްޖެއިން ފިލީ އޭނާގެ މައްސަސަލަ ފުލުހުންނާ ހިއްސާ ކޮށްފައި ވަނިކޮށެވެ. 

ލަންޑަންގައި "އެކްސް މުސްލިމުން" ނަމުގައި ފެތުރޭ ބައިގަނޑަކުން ބޭއްވި އެއްވުމުގައި ދިވެހި ދިދައާއެކު ބައިވެރިވުމަށް ފަހު، ހައްދުފަހަނަ އަޅާފައިވާ ޝައިހާން ބައިވެރިވެ އޭނާ ވަނީ އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. 

އޭނާއަކީ ގދ. ފިޔޯރީ ސުކޫލުގައި ރިލީފު ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި އިރު ވެސް އިސްލާމްދީނާ ހިލާފު ވާހަކަތައް ދެއްކުމުގެ މައްސަލަތައް ފެންމަތިވެފައި ހުރި މީހެކެވެ. 

އޭނާ ފިލައިގެން ދިޔަ ހާދިސާއާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ބުނެފައި ވަނީ އޭނާ ފުރުވާލަން ފުރުސަތު ދިނީ ކަމަށެވެ. ފުލުހުން އޭރު ބުނެފައި ވަނީ އޭނާ ފުރައިގެން ދިޔައީ ޕާސްޕޯޓް ހިފަހައްޓަން އުޅެނިކޮށް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.