އިޒްރޭލުން ފަލަސްތީނުގެ ފަސް މީހަކު މަރާލައިފި

މި އަހަރު ފެށުނީއްސުރެ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 180 އާ ގާތްކުރާ އަދަދަކަށް މީހުން އިޒްރޭލު ސިފައިން ހަމަލާތައް މަރާފައިވެ އެވެ. އަދި އެތައް ބަޔަކު ޒަހަމްކޮށްފައި ވެއެވެ.

އިޒްރޭލުން މިއަދު ވަނީ ހަމަލާތައް ދީ ފަލަސްތީނުގެ ބަޔަކު މަރާލާފައި

ހިފާފައިވާ ހުޅަނގު އައްސޭރީގައި މިއަދު އިޒްރޭލު ސިފައިން ހަމަލާދީ ފަލަސްތީނުގެ ފަސް މީހަކު މަރާލައި 27 މީހަކު ޒަހަމް ކޮށްލައިފި އެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއީ ޖެނިން ސިޓީގައި މަރާލި މީހުންގެ ތެރެއިން ހަތަރު މީހުންނާއި ރާމަالله އިން މަރާލި އެކަކު ކަމަށެވެ. އަދި ޒަހަމްވި މީހުންގެ ތެރެއިން ހަތް މީހުންގެ ހާލު ސީރިއަސް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުގެ ހަނގުރާންމަތީ މަތިންދާބޯޓުތައް ޖެނިން ރެފިއުޖީ ކޭމްޕްގައި ހުރި ގެއަކަށް އަމާޒުކޮށް މަދުވެގެން ތިން މިސައިލު ހަމަލާއެއް ދީފައި ވެއެވެ. އަދި ބުލްޑޯޒަރުތަކުގެ އެހީއާއެކު އިޒްރޭލު ސިފައިން ރެފިއުޖީ ކޭމްޕަށް ވަދެގަނެ ފަލަސްތީނުގެ ހުންނާ ކުރިމަތިލާފައިވާ ކަމަށެވެ.

މަންޒަރު ދުށް މީހުން ބުނެފައިވާ ގޮތުގައި ރާމަالله އާއި އަލްބިރޭ ސިޓީއާ ދެމެދު އޮންނަ ބެއިތު އެލް އަސްކަރީ ޗެކް ޕޮއިންޓްގައި އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ހަތިޔާރާއެކު ކުރިމަތިލައި ހަމަނުޖެހުންތައް ހިނގާ ބަޑި ޖަހާފައިވާ ކަމަށެވެ.

ފަލަސްތީނުގެ ރަށްތަކަށް އިޒްރޭލުން ތަކުރާރުކޮށް ވަދެގަތުން އިތުރުކޮށް ފާއިތުވި މަސްތަކުގައި ނުތަނަވަސްކަން ވަނީ ބޮޑު ކޮށްފަ އެވެ.

މި އަހަރު ފެށުނީއްސުރެ ފަލަސްތީނުގެ 180 އާ ގާތްކުރާ އަދަދަކަށް މީހުން އިޒްރޭލު ސިފައިން މަރާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.