މާފަންނު ގެއަކުން ދަގަނޑު ހޮޅިތަކެއް ވަގަށް ނެގި ދެ މީހަކު ހޯދަނީ

ފަހަކަށް އައިސް ވައްކަމާއި، މަކަރާއި ހީލަތް ހެދުން ފަދަ މައްސަލަތަކުގައި ސީސީޓީވީ ފުޓޭޖު އާންމުކޮށް، ތުހުމަތުވާ މީހުން ހޯދުމަށް ފުލުހުން ދަނީ އެދެމުންނެވެ.

މާފަންނު ގެއަކުން ވައްކަން ކުރަން އުޅުނު ދެ މީހުން

މާލޭގެ މާފަންނުގައި ހުރި ގެއަކުން ދަގަނޑު ހޮޅިތަކެއް ވަގަށް ނެގި ދެ މީހަކު ދެނެގަތުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން މިއަދު އާންމު ކުރި ވީޑިއޯއިން ފެންނަނީ އައީޖީއެމްއެޗު ކުރިމަތީ، ކަނބާއައިސާ ހިނގުމާއި، މުރަނގަމަގު ގުޅޭ ކަންމަތީ ހުންނަ އެލީޓް ފާމަސީ ހިންގާ އިމާރާތުން ދަގަނޑު ހޮޅިތަކެއް ދެ މީހަކު ވެގެން ނެރޭ ތަނެވެ.

ފުލުހުން ބުނީ އެ ދެމީހުންނަށް ތުހުމަތު ކުރެވެނީ އެ ހޮޅިތައް ވަގަށް ގެންދިޔަ ކަމަށް ކަމަށެވެ. އެ ދެމީހުން ދަންނަ ނަމަ، ނުވަތަ އެ ކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ 9660183 ނަންބަރަށް ގުޅާ އެ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

ފަހަކަށް އައިސް ވައްކަމާއި، މަކަރާއި ހީލަތް ހެދުން ފަދަ މައްސަލަތަކުގައި ސީސީޓީވީ ފުޓޭޖު އާންމުކޮށް، ތުހުމަތުވާ މީހުން ހޯދުމަށް ފުލުހުން ދަނީ އެދެމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.