ސައީދު މިހެން ވިދާޅުވި އިރު ތިލަމާލެ ބްރިޖުގެ މަސައްކަތް އަންނަ އަހަރު ނިމެނޭނެ ކަމަށް ރައީސް ސޯލިހް އިއްޔެ ވިދާޅުވެފައި ވެއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޮންސްއަކީ ކޯރު ފާލަން އަޅާ ކުންފުންޏެއް ކަމަށާއި މި ސަރުކާރަށް ތިލަމާލެ ބްރިޖް ނޭޅޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިންމާނެ ކަމަށް އިޝާރާތް ކުރެއްވުމާއެކު ސައީދު ވިދާޅުވަނީ ބްރިޖުގެ މަސައްކަތާ ހަވާލުވެފައިވާ އެފްކޮންސްއަކީ ކޯރުތަކުގައި ފާލަން އަޅާ ބައެއް ކަމަށާއި އެކުންފުންޏާއި ބްރިޖް އަޅަން ހަވާލު ކޮށްގެން 600 މިލިއަން ޑޮލަރު ވަޔަށް އަރުވާލައިފި ކަމަށެވެ.
"ކޯރުގައި ފާލަން އަޅަން އުޅުނު ކުންފުންޏެއް ގެނެސް ތި ސަކަރާތް ޖަހާއިރު ވިލިނގިލި ގުޅުވަން ނެގި 600 މިލިއަން ޑޮލަރު އެރީ ވަޔަށް." ސައީދު ވިދާޅުވި އެވެ.
ސައީދު މިހެން ވިދާޅުވި އިރު ތިލަމާލެ ބްރިޖުގެ މަސައްކަތް އަންނަ އަހަރު ނިމެނޭނެ ކަމަށް ރައީސް ސޯލިހް އިއްޔެ ވިދާޅުވެފައި ވެއެވެ.