އީދު ފާހަގަ ކުރެއްވުމަށް ރައީސްގެ އުފަން ރަށަށް ވަޑަައިގެންފި

އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އާއިލާގެ މެންބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ޖަމާވި އެވެ. ރައީސް ވަނީ އެ މީހުންނާ ސަލާމް ކުރައްވާ އީދުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސް ސޯލިހް ހިންނަވަރަށް ވަޑައިގެން ކޮއްކޯފުޅު ނިޔާޒްއާ ސަލާމް ކުރައްވަނީ

އީދު ފާހަގަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނުގެ އުފަން ރަށް، ފާދިއްޕޮޅު ހިންނަވަރަށް ވަޑަައިގެންފި އެވެ.

ރައީސް ސޯލިހް ހިންނަވަރަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ.

އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އާއިލާގެ މެންބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ޖަމާވި އެވެ. ރައީސް ވަނީ އެ މީހުންނާ ސަލާމް ކުރައްވާ އީދުގެ ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސްގެ މި ދަތުރުފުޅާ ގުޅޭގޮތުން އެމަނިކުފާނު އިސް ލީޑަރުކަން ކުރައްވާ އެމްޑީޕީން ބުނީ އީދު ފާހަގަ ކުރެއްވުމަށް ރަައީސް ސޯލިހް ހިންނަވަރަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަަށެވެ.

އީދު ދުވަހު ރައީސްގެ ދެ ކަނބަލުން ވަނީ އީދުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ތޮއްޑޫއަށް ވަަޑައިގެންފައެވެ.

ހިންނަވަރަށް މެޑަމް ފަޒްނާ ވަޑައިގެންފައެއް ނުވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.