މަރުވީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ މިއަދު މެންދުރު ފަހު ވެރިރަށް މާލޭގެ ހެންވޭރު އަވަށުގެ ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައި މީހަކު އޮތް ކަމަށް މައުލޫމާތު ލިބިގެން ގޮސް އެ މީހާ ނަގައި ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
ނަމަވެސް އެ މީހާ ހޮސްޕިޓަލަށް ގެންދިއުމުން މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެެ.
މަރުވީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާގެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށް ވެސް މިއަދު ބުންޏެވެ.