"އިންޑިއަން އައިޑޮލް" ސީޒަން 13 އިގައިވެސް ކުރީގެ ޖަޖުން

"އިންޑިއަން އައިޑޮލް 13" ގެ ޕްރޮމޯ ވެސް މިހާރު ވަނީ ދައްކަން ފަށާފަ އެވެ. ނޫސްތައް ބުނާ ގޮތުން ސީޒަން އަންނަ މަހު ފަށާނީ އަދިތިޔާއާއެކު "ސުޕަސްޓާ ސިންގާ 2" ނިމާލުމުންނެވެ.

އިންޑިއަން އައިޑޮލްގެ ޖަޖުންގެ ޕެނަލް

ސޮނީ ޓީވީގައި ފަށާ "އިންޑިއަން އައިޑޮލް" ގެ ސީޒަން 13 އިގެ ޖަޖުންގެ ގޮތުގައި މިފަހަރު ވެސް ތިބޭނީ އެންމެ ފަހުގެ ސީޒަންގެ ތިން ޖަޖުންނެވެ. އާ ސީޒަން ހޯސްޓް ކުރާނީ ސީޒަން 12 ހޯސްޓް ކުރި އަދިތިޔާ ނާރަޔަން އެވެ.

އަންނަ މަހުގެ ތެރޭގައި ސީޒަން ފަށާނެ ކަމަށް ބެލެވިފައިވާއިރު ޖަޖުންގެ ގޮތު ތިބޭނީ ހިމޭޝް ރޭޝަމިއާ އާއި ނޭހާ ކައްކަރާއި ވިޝާލް ދަދްލާނީ އެވެ. މީގެ ތެރެއިން ނޭހާއަކީ "އިންޑިއަން އައިޑޮލް" ލަވަކިޔުންތެރިއެއްގެ ގޮތުގައި ވާދަ ކުރި ފަންނާނެކެވެ. އޭގެ މާ ފަހުން އޭނާ މަޝްހޫރުވެފައި ވަނީ ބޮލީވުޑްގެ ކާމިޔާބު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނުނު ހިސާބުން ފެށިގެނެވެ.

"އިންޑިއަން އައިޑޮލް 13" ގެ ޕްރޮމޯ ވެސް މިހާރު ވަނީ ދައްކަން ފަށާފަ އެވެ. ނޫސްތައް ބުނާ ގޮތުން ސީޒަން އަންނަ މަހު ފަށާނީ އަދިތިޔާއާއެކު "ސުޕަސްޓާ ސިންގާ 2" ނިމާލުމުންނެވެ.

"އިންޑިއަން އައިޑޮލް 12" ކާމިޔާބުކުރީ ޕަވަންދީޕް ރަޖަން އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.