އައްޑު އަތޮޅު ހުޅުމީދޫގެ އަމަން ނަގާލައި އެ ރަށުގައި މީހަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރަށް ނަގާފައިވާއިރު އެ މީހާއަށް ތުހުމަތު އޮތް ދެ މައްސަލަ ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އައްޑު އަތޮޅު ހުޅުމީދޫގައި ރަށުގެ އަމަން ނަގާލަން އުޅުނު މީހަކު ނަގައި ހައްޔަރަށް ގެންދިއުމަށް ފަހު ދޫކޮށްލާފައި ހުއްޓާ މީހަކަށް މަރުގެ އިންޒާރު ދީގެން އަނެއްކާ ހައްޔަރަށް ނަގައިފި އެވެ.
ދިވެހި ފުލުހުންގެ އިދާރާއިން ބުނީ ސ. ހުޅުމީދޫ، ރަށުތެރޭގެ އަމަން ނަގާލަން އުޅުމުގެ ތުހުމަތަށް އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު މި މަހުގެ 27 ވަނަ ދުވަހު ހައްޔަރަށް ނެގުމަށް ފަހު 24 ގަޑި އިރު ފަހުން ދޫކޮށްލާފައިވާ ކަމަށެވެ.
އަދި ބުނީ އެ މީހާ ދޫކޮށްލާފައި ބެހެއްޓުމަށް ފަހު އިއްޔެ އޭނާ އަލުން ހައްޔަރަށް ނަގާފައިވާ ކަމަށެވެ. ކޯޓް އަމުރެއްގެ ދަށުން އަލުން އެ މީހާ ހައްޔަރަށް ގެންދިޔައީ އެ ރަށުގައި މީހަކަށް މަރުގެ އިންޒާރު ދީގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާއަށް ތުހުމަތު އޮތް ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.