ރާއްޖޭގައި ޓެރަރިސްޓް ހަމަލައެއް ދީފާނެ ކަމަށް އެމެރިކާއާ ޔޫކޭން ލަފާކޮށްފި

މި އެޑްވައިޒަރީތައް އާކުރި އިރު މިދިއަ ދުވަސްތަކުގައި އެފަދަ ހަމަލާތައް ރާވާ ކަމަށް ތުހުމަތުވެގެން ބަޔަކު ހައްޔަރު ކޮށްފައި ވެއެވެ. އެފަދަ ބައެއް ހަމަލާ ދީފައި ވެސް ވެއެވެ.

ސިފައިންގެ ބަޔަކު ވީއައިއޭގެ ޑިއުޓީގައި ބަޑި ހިފައިގެން

ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބަލައިގެން އެމެރިކާއާ އިނގިރޭސިވިލާތުގެ ޓްރެވަލް އެޑްވައިޒަރީތައް ނެރެ ދަރަޖަ މަތިކޮށްފި އެވެ. 

އިނގިރޭސިވިލާތުން ރާއްޖެއަށް އޮތް އެޑްވައިޒަރީގެ ލެވެލް މަތި ކުރީ ޖޫން 22 ގައެވެ. އެމެރިކާއިން ޖޫން 23 ގައެވެ. މިއީ ދަރަޖަތައް ރާއްޖެ އައުން މަނާ ދަރަޖައަކަށް އަދި ނުޖައްސަ އެވެ. 

އެޑްވައިޒަރީތަކުގައި ބުނަނީ ދިވެހި ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ / ދޭން ރާވަމުންދާ ކަމަށް ބަލާނެ ފުރުސަތު އެބައޮތް އޮތް ކަމަށެވެ. އިންޒާރަކާއި ނުލައި ޓޫރިސްޓުންނާއި ދަތުރުފަތުރާއި ބާޒާރުތަކާއި ފިހާރަތަކާއި އޮފީސް އިމާރާތްތަކަށް އަމާޒުކޮށް ހަމަލާއެއް ދީފާނެ ކަމަށް ބަލާނެ ޖާގަ އޮތް ކަމަށެވެ.

މި އެޑްވައިޒަރީތައް އާކުރި އިރު މިދިއަ ދުވަސްތަކުގައި އެފަދަ ހަމަލާތައް ރާވާ ކަމަށް ތުހުމަތުވެގެން ބަޔަކު ހައްޔަރު ކޮށްފައި ވެއެވެ. އެފަދަ ބައެއް ހަމަލާ ދީފައި ވެސް ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.