އަދިވެސް ލޭމަނާ ނުވޭ، ހާލު ވަރަށް ދެރަ

އެނގިފައިވާ ގޮތުގައި އަދިވެސް ހަފީޒްގެ ލޭ މަނައެއް ނުވެއެވެ. އެކަމުގެ ސަބަބުން ފަރުވާ ފެށޭ ގޮތް ވެސް ވަނީ ނުފެވައެވެ. އަދި އިތުރު ފަރުވާއަށް ހަފީޒް ރާއްޖެއިން ބޭރަށް ގެންދަން އާއިލާއިން ބޭނުން ވިޔަސް އެކަމުގެ ހުއްދަ ވެސް ނުލިބުނެވެ.

އެކްސިޑެންޓްގައި އަނިޔާވި އަލީ ހަފީޒް، ހާލު ވަރަށް ދެރަ

ރޭ ފަތިހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ވަރަށް ދެރަ ކަމަށާ އަދިވެސް ލޭ މަނާ ނުވާތީ ފަރުވާ ނުފެށި ލަސްވެއްޖެ އެވެ.

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ހއ. ބާރަށް ނިސްބަތްވާ އަލީ ހަފީޒް އެވެ. އުމުރުން 50 އަހަރުގެ ހަފީޒް ގައިގައި ޖެހުނީ ވަރަށް ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެކެވެ. ސައިކަލުން ޖެހި ވިއްސައިގެން ދިއުމުގެ ސަބަބުން ހަފީޒަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ.

އެ ވަގުތުވެސް ހަށިގަނޑުން ވަރަށް ގިނަ އަދަދަކަށް ލޭ މަގުމައްޗަށް ފޭބިއެވެ. ހަފީޒުގެ ހެއަށް ވެސް ގޮތްވި އެވެ. ހޮސްޕިޓަލަށް ގެންދިޔަައީ އެވަގުުތު މަސްޖިދު އާދިލް އިން ނިކުތް ބައެެކެވެ.

ހަފީޒްގެ ގައިގައި ސައިކަލުން ޖެހުނީ ފަތިސް ނަމާދު ކޮށްގެން މިސްކިތުން ފައިބައިގެން ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށެވެ. އުމުރުން 22 އަހަރުގެ ދިވެހި ޒުވާނަކު ޖީއެން ސައިކަލެއްގައި އެވަގުތު ބާރު ސްޕީޑްގައި ދުއްވާފަ އައެވެ. ސައިކަލް ކޮންޓްރޯލް ނުވެ ހަފީޒްގެ ގައިގައި ޖެހި ވިއްސައިގެން ދިޔައީ އެވެ. ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސަންސްް އެއްވެސް ނެތެވެ.

އެކްސިޑެންޓްގައި އޭނާއަށް ވެސް އަނިޔާވި އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެހެން ސައިކަލެއްގައި އައި ދެ މީހެކެވެ.

އެނގިފައިވާ ގޮތުގައި އަދިވެސް ހަފީޒްގެ ލޭ މަނައެއް ނުވެއެވެ. އެކަމުގެ ސަބަބުން ފަރުވާ ފެށޭ ގޮތް ވެސް ވަނީ ނުފެވައެވެ. އަދި އިތުރު ފަރުވާއަށް ހަފީޒް ރާއްޖެއިން ބޭރަށް ގެންދަން އާއިލާއިން ބޭނުން ވިޔަސް އެކަމުގެ ހުއްދަ ވެސް ނުލިބުނެވެ. ދަތުރު ކުރަން ހުއްދަ ދެވޭ ވަަރަށް ވުރެ ހަފީޒްގެ ހާލު ސީރަސް ވެފައި ދެރަ އެވެ. ހަފީޒަށް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.

ހަފީޒް އަކީ ކާކު؟ ހަފީޒް އަކީ ތައުލީމީ ދާއިރާގެ ހިދުމަތްތެރި އެކެވެ. މިވަގުތު މަސައްކަތް ކުރަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ގެ ލެކްޗަރާގެ މަގާމުގައެވެ. ހަަފީޒް އަކީ ތިލަދުންމަތީ އުތުުރުބުރީ ބާރަށަށް ނިސްބަތްވާ މީހެކެވެ. ހަފީޒަށް ދެ ކުދީން ލިބިފައިވެއެވެ. ރޭގެ ހާދިސާއާ ގުޅިގެން ހަފީޒްގެ އާއިލާ މިހާރު ވަނީ މާލެ އައިސްފައެވެ. ހާދިސާ ހިނގިިއިރު އާއިލާގެ ވަރަށް ގިނަ ބަޔަކު ތިބީ އީދު ޗުއްޓީއަށް ބާރަށް ގޮހެވެ. ބާރަށުގައި މި ފަަހަރު އީދާއި ގުޅިގެން ވަރަށް ގިނަ ހަރަކާތްްތައް ރާއްވާފައިވެއެވެ.

ކޮމެންޓް

5
450
ބުރާންތި
1 year ago

އެ މީހުން ދޯހަޅީ ފުލުހުންގެ އަތަކު ނުޖެހޭނެ. އެހެންވީމަ އަތު ޖެހޭ ބައެއް ފެލާލަނީ. ހީހޫންތަނުން މަޅާލަނީ!

އޮއްބެ
1 year ago

މިޚަބަރާއި ބާރަށުގަ އޮންނަ އީދު ކުޅިވަރާއި ގުޅޭ ހިސާބެއް އެނގޭ މީހަކު ބުނެދީބަލަ އަނިޔާވި ފަރާތަށް އަވަސް ޝިފާއަކަށް އެދެން

ރައްދު
1 year ago

ތިހާ ގަމާރު އިރުވެސް ކޮމެންޓް ކުރަން ޖެހޭތަ؟ ބަލަ ހަފީޒަށް މި ހާދިސާ ދިމާވިއިރު އާއިލާގެ ގިނަ ބަޔަކު ތިބީ އީދަށް ރަަށަށް ގޮހެވެ. އެ މީހުން އީދަށް ރަށަށް ދިޔައީ ބާރަށުގައި މިފަހަރު ވަރަށް ކުލަ ގަދަކޮށް އީދު ފާހަގަ ކުރަން ރާވާފައި އޮތީމަ އެވެ. ހަބަރުގައި އެކަން ހިމަނާފައިވަނީ އެެހެން ވެގެން ކަން ނޭންގޭހާ ގަމާރު ވީމަ އެހެން މީހުން ކުރާނީ ކީއްހެއްޔެވެ.

ޒުވާނުންގެ ހަލާކު
1 year ago

ޖީއެންގައި ދުވާ މީހުން ހީކުރަނީ އެމީހުން ވަރެއް ނެތް ކަމަށް، ސައިކަލަކަށް އެރުނީމާ އެނިމުނީ. ގަވައިދެއް ނޯވޭ. ސައިލެން ސަރުން އެހެން މީހުން ސިހިގެން ވެއްޓޭވަރަށް އަޑު ހުރޭ. އެކަމަކު ފުލުހުންނަށް ވެސް ފެންނާނީ ގަވައިދުން ދުއްވާ މީހުން، ޗެކު ޕޮއިންޓުންވެސް އަބަދުވެސް ޗެކު ކުރާނީ ގަވައިދުން އުޅޭ މީހުން ނުގަވައިދުން އުޅޭ މީހުންގެ ލައިސެން ބާތިލު ކުރަން ޖެހޭ

ާއަހަރެން
1 year ago

ޕޮލިހުން ވެސް އަޅާވެސް ނުލާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.