ތޮއްޑޫއަކީ މި އަހަރުގެ އީދު އެންމެ ކުލަ ގަދަކޮށް ފާހަގަ ކުރާ އެއް ރަށެވެ. އީދުގެ ތިން ދުވަހަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ރާވާފައިވެއެވެ.
އއ. ތޮއްޑޫ ރައްޔިތުން އިންތިޒާމު ކުރާ އީދުގެ ޖާފަތެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން އެ ރަށަށް ވަޑައިގެންފި އެވެ.
ތޮއްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިސްނަގައިގެން ރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ އީދު ޖާފަތުގަައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހްގެ ދެކަނބަލުން އެ ރަށަށް ވަޑައިގަތުމުން ރަށުގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް ސޯލިހް ތޮއްޑޫއަށް ވަޑައިގެންފައިވަނީ ރައްޔިތުންގެ ދައުވަތަކަށެވެ. އެ ދަތުރުގައި ތޮއްޑޫގައި ކުރިއަށް ގެންދާ އީދުގެ ބައެއް ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ތޮއްޑޫއަކީ މި އަހަރުގެ އީދު އެންމެ ކުލަ ގަދަކޮށް ފާހަގަ ކުރާ އެއް ރަށެވެ. އީދުގެ ތިން ދުވަހަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ރާވާފައިވެއެވެ.
އެގޮތުން މިއަދު ފަތިސް ނަމާދަށް ފަހު ރައްޔިތުންގެ ފަތިހުގެ ކޮފީ އޮތެވެ. އޭގެ ފަހުން އީދު ނަމާދަށް ފަހު ރައްޔިތުން އެކުގައި ވަނީ ހެނދުނު ސަޔަށް އިންސާފުކޮށްފައެވެ. މީގެ އިތުރުން ހަވާ އެރުވުމާއި ޝޯ އެއް ވެސް އެބައޮތެވެ.
ތޮއްޑޫ ކައުންސިލުން ބުނީ އީދަށް ހާއްސަކޮށް އެރަށަށް ދާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރު ކުރެވޭނެ ލޯންޗު ދަތުރުތަކެއް އޮންނާނެ ކަމަށެވެ. އަދި އީދުގެ ޝޯ ބަލަން އެ ރަށަށް އެރޭ އަންނަ ޓޫރިސްޓުންނާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ފަސޭހައިން ދެވޭނެ އިންތިޒާމު ތަކެއް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.