މާފަރުން ފެނުނީ ބުޅަލެއް، ނުރައްކަލެއް ނެތް

ސިފައިން ބުނީ މުޅި އެއާޕޯޓް ސަރަހައްދު ބެލުމުން ފެނުނީ ބުޅަލެއް ކަމަށެވެ. އެހެން ކަމުން ޖަނަވާރު ހޯދުމުގެ މަސައްކަތް ހުއްޓާލާ އެ ރަށަށް ދިޔަ ސިފައިން ރަށުން މިހާރު ފައިބައިފައިވާ ކަމަށެވެ.

އާންމުވެފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް

ނ. މާފަރު އެއާޕޯޓުން ގޮތް ނޭނގޭ ބިޔަ ޖަނަވާރެއް ފެންނަ ވީޑިއޯއާ ގުޅިގެން ބެލިބެލުމުން އެފަދަ ޖަނަވާރެއް ފެނިފައި ނުވާ ކަމަށް ސިފައިން ބުނެފި އެވެ. 

އެރަށު ކައުންސިލުން މިއަދު ބުނީ އެކަމާ ގުޅިގެން އެރަށުގައި ހަރަކާތްތެރިވި ސިފައިންނަށް "މިނިކާވަގެއް ފަދަ އެއްޗެއް" ފެނިފައި ނުވާ ކަމަށެވެ. އަދި ދައުރު ވަމުންދާ ވީޑިއޯއިން ވެސް ފެންނަނީ ނުރައްކާތެރި ޖަނަވާރެއް ނޫން ކަމަށް ސިފައިން މައުލޫމާތު ދޭ ކަމަށް ސިފައިން ބުނި ކަމަށެވެ.

މާފަރު އެއާޕޯޓުން ގޮތް ނޭނގޭ ޖަނަވާރެއް ފެނިގެން ރިޕޯޓުކުރީ އިއްޔެއެވެ. އެ ޖަނަވާރު ހިނގާފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯ ކުރީ ރަންވޭގެ މަސައްކަތުގައި އުޅުނު އެމްޓީސީސީގެ ބިދޭސީ މުވައްޒިފެއް ކަމަށް ވެއެވެ. އެ މީހާ ބުނާ ގޮތުން އެއީ މިނިކާ ވަގެކެވެ. ނަމަވެސް މިނިކާ ވަގަކީ ރާއްޖޭގައި އުޅޭ ޖަނަވާރެއް ނޫނެވެ.

އެއާއެކު މިއަދު އެރަށަށް ވަނީ އިތުރު ސިފައިން ގޮސް އެ ޖަނަވާރު ހޯދުމަށް ފުޅާ އޮޕަރޭޝަނެއް ހިންގާފައެވެ.

ސިފައިން ބުނީ މުޅި އެއާޕޯޓް ސަރަހައްދު ބެލުމުން ފެނުނީ ބުޅަލެއް ކަމަށެވެ. އެހެން ކަމުން ޖަނަވާރު ހޯދުމުގެ މަސައްކަތް ހުއްޓާލާ އެ ރަށަށް ދިޔަ ސިފައިން ރަށުން މިހާރު ފައިބައިފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.