އަދި ނަން ނުދޭ މި ފިލްމް ޕްރޮޑިއުސްކުރާނީ ފަރްހާން އަޚްތަރު އަދި ރިތޭޝް ސިދްވާނީ ޕްރޮޑަކްޝަން ހައުސްއިންނެވެ. މި ޕްރޮޖެކްޓްގައި ކަރީނާ އަދި ކިއާރާ ވަރަށް އަވަހަށް ސޮއި ކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އެކުގައި ހިޓް ފިލްމެއް ދިން ކަރީނާ ކަޕޫރް ޚާން އަދި ކިއާރާ އަޑްވާނީ އަނެއްކާވެސް އެއް ފިލްމަކުން ފެންނަން ތައްޔާރުވެއްޖެ އެވެ.
ކިއާރާ އާއި ކަރީނާ އެކުގައި ފެނުނީ 2019 ވަނަ އަހަރު ރިލީޒްކުރި ރާޖް މެހެތާގެ "ގުޑް ނިއުސް" ފިލްމުންނެވެ. އެ ފިލްމު ވެގެން ދިޔައީ ވަރަށް ކާމިޔާބު ފިލްމަކަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ދެ ތަރިން އަނެއްކާވެސް އެކުގައި ފެންނާނެ އެވެ. ދެ ތަރިން އެކުގައި ދެން ފެންނާނީ އަޝްވިނީ އައިޔަރް ޑައިރެކްޓްކޮށް، އެކްސެލް އެންޓަޓެއިންމެންޓުން އުފައްދާ ފިލްމަކުންނެވެ.
އަޝްވިނީއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފިލްމު ނެރޭޓް ކޮށްދިނުމުން ދެ ތަރިންވެސް ފިލްމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އަދި ވަގުތުން ފިލްމު ކުޅޭނެ ކަމަށް ވެސް އެއްބަސްވެފައިވެ އެވެ.
އަދި ނަން ނުދޭ މި ފިލްމް ޕްރޮޑިއުސްކުރާނީ ފަރްހާން އަޚްތަރު އަދި ރިތޭޝް ސިދްވާނީ ޕްރޮޑަކްޝަން ހައުސްއިންނެވެ. މި ޕްރޮޖެކްޓްގައި ކަރީނާ އަދި ކިއާރާ ވަރަށް އަވަހަށް ސޮއި ކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ކިއާރާ މިވަގުތު އުޅެނީ މިމަހުގެ 29 ވަނަ ދުވަހު ރިލީޒްކުރާ އޭނާގެ "ސަތިޔަޕްރޭމް ކީ ކަތާ"ގެ ޕްރޮމޯޝަނުގަ އެވެ. މި ފިލްމުގައި ކިއާރާ އާއިއެކު ފެންނާނީ ކާރްތިކް އާރްޔަން އެވެ. ކިއާރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގޭމް ޗޭންޖާ" އަދި "ވޯ 2" ހިމެނެ އެވެ.
ކަރީނާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ލާލް ސިންގް ޗައްޑާ" އިންނެވެ. އެ ފިލްމުގައި ކަރީނާއާއިއެކު ދެން ފެނިގެން ގޮސްފައި ވަނީ އާމިރް ޚާން އެވެ. ކަރީނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ދަ ކްރޫ" އަދި "ވީރޭ ދީ ވެޑިންގް 2" ހިމެނެ އެވެ.