މި އަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސް އަށް ހުޅުވާލައިފި

މިހާރު ހުޅުވާލާފައިވާ ނޮމިނޭޝަން މުއްދަތު ނިމުމާއެކު، ކުރިމަތިލީ ފަރާތްތަކުގެ މެދުގައި އާންމު ވޯޓެއް ނަގާނެއެވެ. އެކަން ކުރިއަށް ދާނީ އެއް މަސްދުވަހުގެ މުއްދަތަށެވެ.

2016ވަނަ އަހަރުގެ ޓްރެވަލް އެވޯޑުގެ ތެރެއިން --

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ރާއްޖޭގެ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ -- މަޓާޓޯއިން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އަހަރު އެ އެވޯޑަށް ނޮމިނޭޓް ކުރުމުގެ މުއްދަތެއް ކަމުގައި ކަނޑައަޅާފައިވަނީ އިއްޔެއިން ފެށިގެން އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން، މި އަހަރު ވެސް ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ގެސްޓުހައުސްތަކާއި، ރިސޯޓުތައް އަދި ސަފާރީތަކާއި ދާއިރާގެ އެހެނިހެން ހިދުމަތްތެރިންނަށް އެވޯޑު ދިނުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން ގެސްޓު ހައުސް ތަކުގެ ތެރެއިން އުތުރާއި، މެދު އަތޮޅުތަކާ، ދެކުނުން އެންމެ ރަނގަޅު ގެސްޓުހައުސް ހޮވާއިރު، އެންމެ މަގުބޫލު ގެސްޓުހައުސް ރަށް، އަދި އެންމެ އީޖާދީ ކޮންސެޕްޓަށް ވެސް އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެންމެ މަގުބޫލު ޑައިވް/ ވޯޓާ ސްޕޯޓްސް ސެންޓަރާއި، އެންމެ ރަނގަޅު ކާބޯތަކެތީގެ ޚިދުމަތްދޭ ގެސްޓު ހައުސް ވެސް ހޮވާނެއެވެ.

ރިސޯޓުތަކުގެ ގިނަ ކެޓަގަރީތަކުން އެންމެ މޮޅު ރިސޯޓު ވަކިން ހޮވާނެއެވެ. އަދި ލީޑިން ބިޒްނަސް ހޮޓަލަށާއި، އެއާޕޯޓް ހޮޓަލަށް އިނާމު ދޭނެއެވެ. އަދި ސީއެސްއާރުގެ ގޮތުން އެންމެ ރަނގަޅު ރިސޯޓާއި، މަސައްކަތު  މާހައުލު އެންމެ ރަނގަޅު ރިސޯޓު ވެސް ހޮވާނެއެވެ.

އެންމެ ރަނގަޅު / އަގުހެޔޮ އެއާލައިނާއި، އިންޓަނޭޝަނަލް އެއާލައިނަށް ވެސް އެވޯޑު ދޭން ހަމަޖެހިފައިވެއެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ މި އެވޯޑަކީ ރާއްޖޭގެ ޓޫރިޒަމަށް މަގުކޮށައިދިނުމަށް މަސައްކަތް ކުރި ގިނަ ބައެއްގެ އަގު ވަޒަން ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

"މި އިންޑަސްޓްރީގެ ކާމިޔާބީތަކާއި އީޖާދުތައް ފާހަގަކުރުމަށާއި، ރާއްޖޭގައި ހުރި ތަފާތު އޮފަރިންތައް ދައްކާލުމަށް އަޅުގަނޑުމެން މިތިބީ ކެތް މަދުވެފައި." އޭނާ ވިދާޅުވިއެވެ.

މިހާރު ހުޅުވާލާފައިވާ ނޮމިނޭޝަން މުއްދަތު ނިމުމާއެކު، ކުރިމަތިލީ ފަރާތްތަކުގެ މެދުގައި އާންމު ވޯޓެއް ނަގާނެއެވެ. އެކަން ކުރިއަށް ދާނީ އެއް މަސްދުވަހުގެ މުއްދަތަށެވެ. 

މިއަހަރުގެ ޓްރެވަލް އެވޯޑްސްގެ ގާލާ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 24ވަނަ ދުވަހުއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.