ތަކަންދޫގައި އެންމެ ދުވަސްވީ / އެންްމެ ހިދުމަތްތެރި ޖަމިއްޔާ އިން އިންތިޒާމު ކުރާ މި އަހަރުގެ ސްޕޯޓް ފެސްޓްގައި ކުރިއަށް ދަނީ ފުޓްސަލް މުބާރާތަކާއި ވޮލީ މުބާރާތެކެވެ.

ތަކަންދޫ އެކުވެރީންގެ ރޫހް (ޓީއީއާރު) އިން އިންތިޒާމު ކޮށްގެން ބާއްވާ "ޓީއީއާރު ސްޕޯޓް ފެސްޓް 2023" ފަށައިފި އެވެ.
ތަކަންދޫގައި އެންމެ ދުވަސްވީ / އެންްމެ ހިދުމަތްތެރި ޖަމިއްޔާ އިން އިންތިޒާމު ކުރާ މި އަހަރުގެ ސްޕޯޓް ފެސްޓްގައި ކުރިއަށް ދަނީ ފުޓްސަލް މުބާރާތަކާއި ވޮލީ މުބާރާތެކެވެ. ވޮލީ މުބާރާތަކީ އަންހެނުންނަށް ހާއްސަ މުބާރާތެކެވެ. ފުޓްސެލް ހާއްސައީ ފިރިހެނުންނަށެވެ.

ވޮލީ މުބާރާތުގައި ތިން ޓީމު ބައިވެރިވެއެވެ. މުބާރާތުގައި ހަތަރު މެޗު ކުޅޭނެ އެވެ.
ފުޓްސަލް މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވާދަކުރެއެވެ. މުބާރާތުގައި ހަތް މެޗު ކުޅޭނެ އެވެ. މުބާރާތުގެ މެޗުތައް މިހާރު ދަނީ ކުރިއަށެވެ.

ޓީއީއާރުން ބުނި ގޮތުގައި ތަކަންދޫއަށް ނިސްބަތްވާ މީހުން ކުޅޭ މުބާރާތުގައި އެ ރަށުގެ ދެ ޖިންސުގެ އެކި އުމުރުގެ ގިނަ ބަޔަކު ބައިވެރިވެއެވެ.
ފުޓްސަލް މުބާރާތުގެ ފައިނަލް އޮންނާނީ މާދަމާ އެވެ. ވޮލީ މުބާރާތުގެ ފައިނަލް އޮތީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

"ޓީއީއާރު ސްޕޯޓް ފެސްޓް 2023" ގެ ކޯ ސްޕޮންސަރަކީ ސްޓީލް ހާޑްވެއާ އާއި އަބޫޑީ އެވެ. ޓްރެވަލް ޕާޓްނަރަކީ ޒަރަޓަން އެވެ. ޕްރިންޓް ޕާޓްނަރަކީ ވޯލްކް އެވެ. އޮންލައިން ޕާޓްނަރަކީ "މި" ނޫހެވެ.
މީގެ އިތުރުން ޓޫއޭ ކޮމްޕެނީއާ މާކްޓެކް މޯލްޑިވްސްގެ އެހީތެރިކަން ލިބިފައިވާކަން ޓީއީއާރުން ފާހަަގަ ކުރެއެވެ.

ތަކަންދޫ އެކުވެރީންގެ ރޫހަކީ އެ ރަށުގެ އިޖްތިމާއީ ތަރައްގީއަށް ވަރަށް ގިނަ މަސައްކަތްތަަކެއް ކޮށްފައިވާ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާ އިން ގެންދަނީ ކުޅިވަރުގެ ތަފާތު މުބާރާތްތައްވެސް ބާއްވަމުންނެވެ.