ތަފާތު މަންޒަރެއް؛ ކެނެރީގެއަށް ބަދަލުވެވަޑައިގަންނަވަން ގެކޮޅު ތައްޔާރު ކުރެއްވުމުގައި ރައީސް ނަޝީދު

ނަޝީދު މިހާރު ވަނީ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް ސިޓީއެއް ފޮނުއްވާ މުރައިދޫގެއިން ނިކުންނަވާނެ ކަން އަންގަވާފައެވެ. ވިދާޅުވީ މި މަހުގެ 26 ވަނަ ދުވަހު އެމަނިކުފާނު އެ ގެކޮޅުން ނިކުންނަވާނެ ކަމަށެވެ.

ރައީސް ނަޝީދު ކެނެރީގެ ތައްޔާރު ކުރެއްވުމުގެ މަސައްކަތްޕުޅުގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހާއްސަ ގެކޮޅު -- މުރައިދޫގެއިން ނިކުންނަވާ ގ. ކެނެރީގެއަށް ބަދަލުވެވަޑައިގަތުމަށް އެ ގެ ތައްޔާރު ކުރެއްވުމުގެ މަސައްކަތްޕުޅު ރައީސް ނަޝީދު ފައްޓަވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ރައީސް ނަޝީދު ވަނީ އިތުބާރު ނެތް މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމާއެކު މަޖިލީހުގެ ރަައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިމްތިޔާޒްތައް ދޫކޮށްލައްވާނެެ ކަމަށެވެ.

އެގޮތުން މަޖިލީހުގެ ރައީސަށް ހާއްސަ ގެކޮޅުން ނިކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނޯޓިސްއަށް 14 ދުވަސް ހަމަވާ ދުވަހު މުރައިދޫގެއިން ނިކުންނާނަން. އަޅުގަނޑު މުރައިދޫގޭގައި ހުރުން އެއީ އަޅުގަނޑު އެއްގޮތަކަށްވެސް ކުރާ ހިތްވާ ކަމެއް ނޫން. ހަމަ ކުޑަކޮށްވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން،"

ނަޝީދު މިހާރު ވަނީ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް ސިޓީއެއް ފޮނުއްވާ މުރައިދޫގެއިން ނިކުންނަވާނެ ކަން އަންގަވާފައެވެ. ވިދާޅުވީ މި މަހުގެ 26 ވަނަ ދުވަހު އެމަނިކުފާނު އެ ގެކޮޅުން ނިކުންނަވާނެ ކަމަށެވެ.

ރައީސް ނަޝީދު މިހާރު ވަނީ އެމަނިކުފާނުގެ ގެކޮޅު -- ގ. ކެނެރީގެ ތައްޔާރު ކުރެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެ ގޮތުން އެމަނިކުފާނު ދިރިއުުޅުއްވުމަށް ހާއްސަ ބައި ސާފު ކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް އެމަނިކުފާނުގެ ކޮއްކޯފުޅު އީހާބު އަބްދުﷲ ވަނީ އާންމު ކުރައްވާފައެވެ. އީހާބް އާއި އީވާ އަބްދުﷲ އަކީ ރައީސް ނަޝީދުގެ ދައިތާފުޅު ޒުހައިރާ އުމަރުގެ ބޭފުޅުންނެވެ.

އީހާބު އާންމު ކުރައްވާފައިވާ ފޮޓޯތަކުގައި ރައީސް ނަޝީދު، ގެކޮޅު ސާފުކުރައްވާ މަންޒަރު ފެނެއެވެ. ގެކޮޅު ތައްޔާރު ކުރެއްވުމުގެ މަސައްކަތުގައި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އުޅުއްވާ މަންޒަރު ވެސް ފެނެއެވެ.

ރައީސް ނަޝީދު ވަނީ މުރައިދޫގެއަކީ އެމަނިކުފާނު އެއްގޮތަކަށް ވެސް ހުންނަން ބޭނުންފުޅުވާ ތަނެއް ނޫން ކަމުގައި ވިދާޅުވެ އެ ގެކޮޅު ހުންނަގޮތް ސިފަވެސް ކޮށް ދެއްވާފައެވެ. ވިދާޅުވީ މުރައިދޫގެ ހުންނަ ގޮތް އާންމުންނަށް ފެނިފައި ނެތަސް އެއީ ވަރަށް އަނދިރި އަދި ހުރިހާ ދިމާއަކުން ބެދިފައިވާ ގެއެއް ކަމަށެވެ. އެމަނިކުފާނަކީ މާލޭގައި ދިރިއުޅެވޭނެ ގޮތެއް ނެތް މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނު ނިސްބަތްވާ ގަލޮޅު ކެނެރީގައި ދިރިއުޅުއްވަން ވަރަށް ބޭނުންވާ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ވަރުގަދަ ސެކިއުރިޓީއެއް ދައުލަތުން ދެ އެވެ. ހާއްސަކޮށް އެމަނިކުފާނު އަވަހާރަކޮށްލަން ހަމަލާއެއް ދިން ފަހުން އެ ސެކިއުރިޓީ ވަނީ އިތުރު ކުރައްވާފައެވެ. ސެކިއުރިޓީއާ ގުޅޭގޮތުން ނަޝީދު ދެއްވީ ފިނި ޖަވާބެކެވެ.

".. ދެން އަޅުގަނޑުގެ ސެކިއުރިޓީ ބަލަހައްޓާނެތޯ ނޫންތޯ. ދެން ނުބަލަހައްޓައިގެން މަރާލައިފިއްޔާ ދެން މަރުވެފައި އޮންނާނީ ދެއްތޯ. މިހާރުވެސް ކިރިޔާ އަޅުގަނޑު މިހުރީ،" އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ހަނދާން އައު ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.