ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު އާ ތިން ސްކޫލެއް ހުޅުވަނީ

މިނިސްޓްރީ އިން އިތުރަށް ބުނީ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ނިމުމާއެކު މިހާރު ދަރުމަވަންތަ ސްކޫލް ހިންގަމުންދާ އިމާރާތަށް އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ބަދަލުކުރާނެ ކަމަށެވެ. އެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ.

ދަރުމަވަންތަ ސުކޫލުގެ އާ އިމާރާތް: ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލް ހުޅުވާނެ -- މި

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު މާލެ ސަރަހައްދުގައި އާ ތިން ސްކޫލެއް ހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުނީ 2023-2024 ވަނަ ދުރާސީ އާ އަހަރު ފެށޭއިރު މިހާރު ސްކޫލްތަކުގައި އިމާރާތް ކުރަމުންދާ އިމާރާތްތައް ނިމި ބޭނުންކުރަން ފަށާނެ ކަމަށެވެ. އެއީ؛

  •  ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް
  •  ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގެ އާ އިމާރާތް
  •  ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ސަލާހުއްދީން ސްކޫލް

އަލަށް ހުޅުވާ ސަލާހުއްދީން ސްކޫލަށް ގްރޭޑް އެކަކަށް ވަންނަ ދަރިވަރުން ފިޔަވައި އެހެން ގްރޭޑްތަކުގެ ދަރިވަރުންނަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ގްރޭޑް އެކެއްގެ ދަރިވަރުންނާމެދު ގޮތެއް ނުނިންމި އަދި އޮތީ މަޝްވަރާގަ އެވެ.

މިނިސްޓްރީ އިން އިތުރަށް ބުނީ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ނިމުމާއެކު މިހާރު ދަރުމަވަންތަ ސްކޫލް ހިންގަމުންދާ އިމާރާތަށް އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ބަދަލުކުރާނެ ކަމަށެވެ. އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުން ދަނީ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގަ އެވެ. އެކަމަކު އެތަނުގެ ހާލަތުވެސް ރަގަޅު ނޫން ކަމުގެ ޝަކުވާ ބެލެނިވެރިން ކުރެ އެވެ. ދަރުމަވަންތަ ބާ އިމާރާތާމެދު އަދި މާބޮޑެތި ކަންބޮޑުވުންތަކެއް ބެލެނިވެރީންގެ އެބަ ހުއްޓެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އޮގަސްޓް މަހުގެ ހަވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.