މީމު ފަޅެއްގައި ދިއްގަރު ކައުންސިލުން ހިންގަން އިއުލާނުކޮށްފައިވަނީ އިންޓަގްރޭޑެޓް ޓޫރިޒަމް މަޝްރޫއެކެވެ. މިހާރުވެސް މި އަތޮޅުގައި ޓޫރިޒަމަށް ދޫކޮށް ނުހެދި 12 ރަށެއް އެބައޮތެވެ.
މ. ދިއްގަރު ކައިރީގައި އޮންނަ ފުންޕަރު ލެގޫންގައި އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއް ހިންގަން ޝައުގުވެރިކަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
ދިއްގަރު ކައުންސިލުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހަދަން ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ކައުންސިލުން ވަނީ މި ފަޅުގައި އިންޓަގްރޭޑެޓް ޓޫރިޒަމް މަޝްރޫއެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.
ދިއްގަރު ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ މި ސަރަހައްދުގައި ޓޫރިޒަމް މަޝްރޫއެއް ހިންގަން ހުޅުވާލުމާ ބެހޭ ގޮތުން ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވިދާޅުވީ މި ފަޅުގައި ޓޫރިޒަމް މަޝްރޫއެއް ހިންގަން ޝައުގުވެރިވާނެ ކަމަށް ބެލެވޭ ކަމަށާ އެ ކައުންސިލުން ބަލަން ބޭނުންވަނީ އެކަމަށް ޝައުގުވެރިކަން ހުރި ބައެއް / ފަރާތެއް ކަމަށެވެ..
"މިއީ ޑައިވް ސައިޓުތައް ހުރި އޭރިއާއެއް. އެހެންވެ މި ސަރައްހަަދަށް [އިންވެސްޓަރުން ] ޝައުގުވެރި ވާނެ ކަމަށް ބެލެވޭ،" ނިޝާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ސަރަހައްދުގައި ޓޫރިޒަމް މަޝްރޫއެއް ފަށައިފިނަމަ މާލޭން ލޯންޗުގައި ޓޫރިސްޓުން ގެންނަން ވެސް މާ ބޮޑު އުނދަގޫތަކެއް ނެތް ކަަމަށެވެ. އަދި ފަޅެއް ހިއްކައިގެން ޓޫރިޒަމް މަޝްރޫއެއް ހިންގުމަކީ ގޮންޖެހުތައް ހުރި ކަމެއް ނަމަވެސް އުންމީދަކީ މި ސަރަހައްދުގައި މަޝްރޫއު ހިންގަން ޝައުގުވެރިވާނެ ބަޔަކުވުން ކަމަށެވެ.
މިއީ ޑައިވް ސައިޓުތައް ހުރި އޭރިއާއެއް. އެހެންވެ މި ސަރައްހަަދަށް [އިންވެސްޓަރުން ] ޝައުގުވެރި ވާނެ ކަމަށް ބެލެވޭ
އަހުމަދު ނިޝާން | ދިއްގަރު ކައުންސިލްގެ ރައީސް
"މި ހިސާބަށް މާލޭން ފުރައިގެން ލޯންޗެއްގައި 1.30 މިނެޓުން އާދެވޭ. އެހެންވެ މިއީ ވެސް މި ސަރަހައްދުގައި އިންޓަގްރޭޑެޓް ޓޫރިޒަމް މަޝްރޫއެއް ފަށައިފިނަމަ ލިބޭނެ ފަސޭހަ،" ނިޝާން ވިދާޅުވި އެވެ.
ދިއްގަރު ކައިރީ އޮންނަ ފުންފަރު ފަޅު އޮތީ ދިއްގަރާއި ގާތްގަނޑަށް 10 ކިލޯމީޓަރުގަ އެވެ. އެއް ފަޅެއް ނަމަވެސް ކުޑަ ކަނޑު އޮޅިއަކުން ކެނޑިގައި އޮންނަ ފުންޕަރު ފަޅުގައި ހިންގަން އިއުލާނު ކުރި އިންޓަގްރޭޑެއް ޓޫރިޒަމް މަޝްރޫއަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 13 ވަނަ ދުވަހެވެ.