އެންމެ ފަސް

މަޖިލީހުގެ ރިޔާސަތުގައި ނަޝީދު، ފަހު ޖަލްސާ ކަމަށް އިއުލާނު ކުރަައްވައިފި

ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު ޖަލްސާ ބާއްވާއިރު ރިޔާސަތުގައި އިންނެވީ ރައީސް ނަޝީދެވެ. އެޖެންޑާގައި އޮތީ އެންމެ ނަންބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި
  •  ދައުރުގެ ފަހު ޖަލްސާކަން ވަނީ އިއުލާނު ކުރައްވާފައި

އިތުބާރު ނެތް މައްސަލައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެވަޑަައިގަންނަވާކަން ހާމަ ކުރައްވާ ރިޔާސަތުގައި އިންނެވުމަށް ދެކޮޅު ހެއްދެވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަަޑައިގެންފި އެވެ.

މަޖިލީހުގެ މި ދައުރު ނިމޭން ދާއިރު ޖަލްސާއެއް ނުބޭއްވި ދެ ދުވަސް ވަނީ ފާއިތުވެފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅި ހިސާބުން މަޖިލީހުގެ މަސައްކަތްތަކަށް ވަނީ ބުރޫއަރާފައެވެ. އެ ދެ ބޭފުޅުން ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން އިއުތިރާޒު ކުރައްވާކަން ހާމަ ކުރައްވާފައެވެ.

ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތި މިދިޔަ ހަފްތާގެ ތިން ޖަލްސާ ނިންމާލަން ޖެހުނީ ހަލަބޮލި ކަމުގެ ތެރެއިންްނެވެ. ނަމަވެސް ކޮންމެވެސް ސިފައެއްގައި މަޖިލީހުގެ މަސައްކަތްތައް ހޯމަ ދުވަހު ކުރިއަށް ދިޔައެވެ.

ނަމަވެސް ކުރީ ހަފްތާގެ ދެ ޖަލްސާއާ މި ހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އިންނެވުމުން އަންގާރަ ދުވަހު ޖަލްސާގެ ރިޔާސަތުގައި އިންނަވާނެ ބޭފުޅަކު ނުވީ އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރައީސާއި ނާއިބު ރައީސް ފިޔަވާ އެހެން ބޭފުޅަކަށް ރިޔާސަތުގައި އިންނެވީ އެންމެ ގިނަ ވެގެން ޖެހިޖެހިގެން ތިން ޖަލްސާއަށެވެ.

ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު ޖަލްސާ ބާއްވާއިރު ރިޔާސަތުގައި އިންނެވީ ރައީސް ނަޝީދެވެ. އެޖެންޑާގައި އޮތީ އެންމެ ނަންބަރެކެވެ. އެއީ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަަޑައިނުގަންނަވާ މެންބަރުން ތަމްސީލު ކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާމެދު ބަހުސް ކުުރުމަށެވެ. އެޖެންޑާގައިވާ ގޮތުުން ބަހުސް ކުުރުމަށް ފަހު މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވާނެ ގޮތަށް އިސްލާހު ހުށައެޅުއްވުމަށް މެންބަރުންނަށް މުއްދަތެއް ދިނުމަށް ފަހު ހުށައަޅުއްވާ އިސްލާހަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު ދީ އެ ގޮތުން ހުށައަޅުއްވާ އިސްލާހުތަކަށް ވޯޓަށް އެހުމާއި މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލު ކުރައްވާނެ ގޮތާއިމެދު ގޮތެއް ނިންމުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށެވެ.

ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާއަކީ ދައުރުގެ ފަހު ޖަލްސާކަން ފާހަގަ ކުރައްވާފައެެވެ. އަދި އެޖެންޑާގައި އޮތް ކޮމެޓީތަކުގެ މައްސަލައަށް ބަހުސް ކުރަން ދެ ގަޑިއިރުގެ ވަގުތެއް ކަނޑަައަަޅާ ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތް ނުވާ މެންބަރުންނަށް ބަހުސަށް ކަނޑައަޅާފައިވާ ވަގުތު ނަޝީދު ވަނީ އިއުލާނު ކުރައްވާފައެެވެ.

ރިޔާސަތަށް އަލުން ވަޑައިގެންނެވި ގެންނެވުމާމެދު ނަޝީދު ވިދާޅުވީ އެމަނިކުފާނު އަލުން ރިޔާސަތުގަައި އިންނެވީ ރައްޔިތުންްގެ މަސްލަހަތުގައި ކަމަށެވެ. ރައްޔިތުންގެ މަސްލަހަތަކީ އެމަނިކުފާނުގެ އުޒުރުތަކަށް ވުރެ މާ މަތީ މަސްލަހަތެއް ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާއަކީ މި ދައުރުގެ ފަހު ޖަލްސާ ކަމަށް ރިޔާސަތުން އިއުލާނުކުރި އިރު މި ހަފްތާ ފެށުނީއްސުރެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ގެންދަނީ ގިނަ / މުހިންމު މަސައްކަތްތަކެއް ހުރުމުން އެމަސައްކަތްތައް ނިމެންދެން ޗުއްޓީއަށް ނުގޮސް ދައުރު ދަންމާލަން ހުށައަޅަމުންނެވެ. މިއަދު ހެނދު މެޖޯރިޓީ ލީޑަރު ވަނީ އެ ހުށައެޅުން ރަސްމީކޮށް ލިޔުމުންވެސް ހުށައަޅުއްވާފައެވެ. އަސްލަމް ވަނީ ރައީސް ނަޝީދަށް ސިޓީފުޅެއް ފޮނުއްވާ ފަސް ކަމެއް ފާހަގަ ކުރައްވާ އެކަންކަން ނިމެންދެން ދައުރު ދަންމާލަން އެދިވަޑައިގެންފައެވެ.

ކޮމެންޓް

2
450
އަމީނާ އަލީ
1 year ago

އަބަދު އިސްތިއުފާ ދޭވަރުން އިތުބާރު ގެއްލިފަ

ރައްޔިތުން
1 year ago

މީނަ ހިތުން މިއަށްވުރެ ބައިވަރުތަކެއް އަދި ލިބޭނެ ކަމަށްތަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.