ނައީމާގެ މަރާއި ގުޅިގެން ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ މަނަދޫއަށް ނިސްބަތްވާ ތިން ޒުވާނުންނެވެ.
ނ. މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62، ގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އެ ރަށު އަހުޒަމް އަބްދުލްޝަކޫރު، 23 ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފި އެވެ.
ނައީމާގެ މަރާއި ގުޅިގެން ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ މަނަދޫއަށް ނިސްބަތްވާ ތިން ޒުވާނުންނެވެ.
މީގެ ކުރީން އަބްދުލްވަހީދު ރިފާޝް، 21 ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި ބަންދާއިމެދު ގޮތް ނިންމަން ހާޒިރު ކުރުމުން އަހުޒަމް އަބްދުލްޝަކޫރު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އަހްޒަމް އަބްދުލްޝަކޫރު ހައްޔަރުކޮށް ފުރަތަމަ ބަންދުގައި ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އެ މައްސަލައިގެ ތުހުމަތުގައި 14 ދުވަހުގެ ބަންދެއްގައި ހުއްޓެވެ. އެ ފަހުން މިހާރު އޭނާ ހުރީ ނައީމާގެ މަރުގެ ތުުހުމަތުގައި ބަންދުގައެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ އޭގެ ކުރީން ބަންދަށް ދިން ފަސް ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.
އަހްޒަމަކީ ނައީމާ މަރާލި ގޮތް ފުލުހުންނަށް ކިޔައިދިން މީހާ އެވެ.
ދެން މި މައްސަލާގައި ހިމެނޭ ހުސައިން ފަވާޒް ހައްޔަރުކުރީ މަނަދޫގައި ހުރެފައި މާލެ އައިސް އުޅެނިކޮށް މާލެއިންނެވެ. އޭނާގެ ބަންދަށް ކޯޓުން ދިނީ 30 ދުވަހުގެ މުއްދަތެވެ.
ނައީމާގެ މަރުގެ މައްސަލާގައި ކުރިއެރުންތަކެއް ނުލިބި ވަނިކޮށް ފުލުހުންގެ ތަހުގީގަށް މުހިންމު މައުލޫމާތުތަކެއް ލިބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އަހްޒަމް ހައްޔަރު ކުރުމުންނެވެ. ނަމަވެސް އަހްޒަމް ހައްޔަރު ކުރިއިރު އޭނާއާ ނައީމާގެ މަރާ ގުޅުމެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމަށް ވެއެވެ.
ނައީމާގެ މަރާ އޭނާއާ ގުޅުމެއް އޮތް ކަަމަށް ތުހުމަތު ވީ ތަހުގީގުގައި ދެއްކި ވާހަކަތަކަކުންނެވެ. ފަހުން އޭނާ ވަނީ ކުށައް އިއުތިރާފުވެ ކަން ހިނގާދިޔަ ގޮތް ކިޔާދީފައެވެ. އަނެއް ދެ ޒުވާނުން ހައްޔަރު ކުރީ އޭނާ ދިން މައުލޫމާތުގެ އަލީގައެވެ.
މިތަކެތި ހޯދީ ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވަނިކޮށެވެ. ސީޕީ ވިދާޅުވި ގޮތުގައި އެތަން ކޮނެ އެތަކެތި ވަނީ ނަގާފަ އެވެ.
ނައީމާ ދިރިއުޅޭ ކޮޓަރީގައި އޭނާ މަރާލާފައި އޮއްވާ ފެނުނީ ގިނަ ޒަހަމްތަކާއެކު އެވެ. ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، ޖިންސީ ގުނަވަނަށް ވެސް ހަމަލާ އަމާޒުވެފައިވާކަމަށް އަޑުފެތުރިފައިވެ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަހެއް ވެގެން އެ ރަށުގެ ބައެއް މީހުންނާއެކު ފުލުހުން އެގެއަށް ވަދެ ބެލުމުންނެވެ.