ރާގިބްގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލުން ބަލަން ފެށީ މިދިޔަ އަހަރުގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރައީސް ދެއްކެވި ވާކަފުޅުގެ ވީޑިއޯއަކާއި އެކީ، ރައީސަށް މުހާތަބުކޮށް ހަޑިހުތުރު ބަހުން ލިޔުމަށްފަހު ޓްވީޓެއް ކުރުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން މުހާތަބުކޮށް ޓްވީޓް ކުރުމުން ޕީޕީއެމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ މުހައްމަދު ރާގިބް އަހުމަދުގެ ސުލޫކީ މައްސަލަ ބަލަން ބާ ކައުންސިލުން ފަށައިފި އެވެ.
ރާގިބްގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލުން ބަލަން ފެށީ މިދިޔަ އަހަރުގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރައީސް ދެއްކެވި ވާކަފުޅުގެ ވީޑިއޯއަކާއި އެކީ، ރައީސަށް މުހާތަބުކޮށް ހަޑިހުތުރު ބަހުން މުހާތަބު ކޮށް ޓްވީޓެއް ކުރުމުންނެވެ. އެ ޓްވީޓްގައި ރައީސަށް ނިސްބަތްކޮށް [ޅ] ބަސް ބޭނުންކޮށްފައިވެ އެވެ.
މިމަހުގެ އަށްވަނަ ދުވަހު ބާ ކައުންސިލުން ރާގިބަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި އެ މައްސަލަ ބަލަން ފެށީ ކައުންސިލުން އަމިއްލައަށް އިސްނަގައިގެންނެވެ. މައްސަލަ ބަލަން ފެށީ ރައީސްއަށް ނިސްބަތްކޮށް އަދަބާއި އިހުތިރާމް ކުޑަކޮށް މުހާތަބު ކުރުމަށްފަހު ރާގިބްގެ ޓްވިޓާ އެކައުންޓުން ޓްވީޓް ކޮށްފައިވާތީ ކަން ވެސް ބަޔާންކޮށްފައިވެ އެވެ.
އެފަދަ ގޮތަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މުހާތަބުކުރުން އެއީ ގާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފު އަމަލެއް ކަމަށް ބެލެވޭ ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
އެ ޝަކުވާއާ ގުޅިގެން މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެ، ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅަން ކައުންސިލުން ރާގިބަށް ފުރުސަތު ދީފައިވެ އެވެ. އެ ފުރުސަތުގެ ތެރޭގައި ޖަވާބުދާރީ ނުވެއްޖެނަމަ ފުރުސަތުގެ ބޭނުން ނުހިފީކަމަށް ބަލާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ވެސް ބާ ކައުންސިލުން އޮތީ ރާގިބަށް ދީފަ އެވެ.
ރާގިބަކީ ޕީޕީއެމްގެ ގާނޫނީ ޓީމުގައި މަސައްކަތްކުރާ ގާނޫނީ ވަކީލެކެވެ. އެނޫން ވެސް އެހެން މައްސަލަތަކުގައި ވެސް އޭނާ ކޯޓުތަކުގައި ވަކާލާތު ކުރެ އެވެ.
ނޭގުމަކީ އަނދިރިކަމެއް މިއީބުރާންޗް ސަރުކާރު ބެހިފައިވަނީ 3 ބުރާންޗްގެ މައްޗަށް އެއީ ގާނޫނު ހަދާ ބުރާންޗް އަދުލުއިންސާފް ގާއިމްކުރާ ބުރާންޗް ގާނޫނު ތަންފީދު ކުރާ ބުރާންޗް (ދައުލަތް ހިންގާ ބުރާންޗް)
އެއީި ކަލާންގެއެންނޫނެންނު ހިންހަމަނުޖެހުން ފާޅުނުކުރަން ނޫސްވެރިންގެހާލަތު މިގައުމުގައި ހަލާކުވެފަވާމިންވަރައް ދުވަޙަކު ގައުމެއްގާހަލާކުވާނެބާ