މި އަހަރުގެ މިހާތަނަށް ގްރީން ޓެކުހަށް ލިބުނީ 476 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރު މި ފަންޑުން 261 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ގްރީން ޓެކުހުގެ ފައިސާ ޖަމާކުރަން ސަރުކާރުން ހަމަޖެއްސި ގްރީން ފަންޑުން މިހާތަނަށް 261 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި ކަންކަމަށް ހަރަދު ކުރަން ނަގައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ގްރީން ޓެކުހުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް މި އަހަރު 476 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މި އަހަރު މި ފަންޑުން 261 މިލިއަން ރުފިޔާ ވަނީ ހަރަދު ކުރަން ނަގާފަ އެވެ. މިހާރު މި ފަންޑުގައި ޖުމްލަ ބާކީ ހުރީ 988 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އަދަދެއް ހަރަދު ކުރަން ނަގާފައިވަނީ މާރިޗް މަހު އެވެ. އެ މަހު 77 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިދިޔަ މަހު މި ފަންޑުން 7.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރު ހަރަދު ކުރި ކަންތައްތަކުގެ ތެރޭގައި ފެނާއި ހަރުދަމާ އަދި ކުނި މެނޭޖު ކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ. މިދިޔަ މަހު މި ފަންޑުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މާލެ ސަރަހައްދުން ކުނި މެނޭޖު ކުރުމުގެ މަޝްރޫއުތަކަށެވެ. މި މަޝްރޫއުތަކަށް 3,2 މިލިއަން ހަރަދުވެފައިވެ އެވެ.